އަޑިއަށް ދިޔަ ދޯނީގައި 10،000 ލިޓަރުގެ ޑީސަލް ހުރި، ދޯނި ފެންމަތި ކުރުމަށް މަސައްކަތް ފަށައިފި

އަޑިއަށް ދިޔަ ދޯނީގައި 10،000 ލިޓަރުގެ ޑީސަލް ހުރި، ދޯނި ފެންމަތި ކުރުމަށް މަސައްކަތް ފަށައިފި

Author
ޢަލީ އާދަމް
29 މާރޗް 2021 12:20
0

ހުޅުމާލެ ފޭސް 2 އާ ދިމާލުން ކަނޑުގެ ސަރަހައްދުގައި މިއަދު އަޑިއަށްދިޔަ ތެޔޮ އުފުލާ ދޯންނީގައި10،000 ލިޓަރުގެ ޑީސަލް ހުރިކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފް މާލެ ސަރަހައްދުގެ ކޯސްޓްގާޑު ސްކޮޑްރަންގެ ޑައިވަރުންނާއި ދޯނީގެ ވެރިފަރާތް ގުޅިގެން މި ދޯނި ފެންމަތިކުރުމުގެ މަސައްކަތް މިހާރު ފަށާފައި ވާކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

މިދޯނި އަޑިއަށްދިޔައީ ތިލަފުށިން ޑީސަލް ބަރުކޮށްގެން ހުޅުމާލެއަށް ދަތުރުކުރަމުން ދަނިކޮށެވެ. ސަވާރީ ނަމަކަށްކިޔާ މި ތެޔޮ ދޯނި އަޑިއަށް ދިޔަ ވަގުތު އޭގައި ތިބީ ދިވެއްސަކާއި 2 ބިދޭސީންކަމަށް އެމްއެންޑީއެފުން ބުނެއެވެ. މި 3 މީހުން އެސަރަހައްދުގައި އޮތް ސަފާރީއަކަށް ނަގައިފަ ވާކަމަށް އެމްއެންޑީއެފުން މީގެކުރިން ވަނީ ބުނެފައެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ކަނޑުގަދަ ދުވަސް ވަރެއްކަމަށް ލަފާކޮށް އަދި ރީނދޫ އެލާޓް ނެރެފައިވާތިވެ، ޚާއްޞަކޮށް ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގައި ކަނޑުތައްގަދަވެ، ބާރަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ވިލާގަނޑުގައި 30 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރާތީވެ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފްއިން ވަނީ އިލްތިމާސް ކޮށްފައެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފައިވާތީ ކަނޑުދަތުރުކުރައްވާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދެވުމަށްފަހު ދަތުރުތައް ރޭވުމަށް އިލްތިމާސްކުރާކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.