މަސްވެރިކަމަށް ނުކުމެ އުޅެނިކޮށް ހާލު ދެރަވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސަޕިޓަލްގައި ފަރުވާދެމުންދިޔަ މީހެއް ނިޔާވެއްޖެ އެވެ.
އިތުރު މީހަކާއެކު މިއަދު މެންދުރުފަހު ފަރުމަހުގެ މަސްވެރިކަމަށް ނުކުމެ އުޅެނިކޮށް ހާލުދެރަވި މި މީހާ ނިޔާވީ އައިސީޔޫގައި ފަރުވާދެމުންދަނިކޮށެވެ.
ނިޔާވެފައި ވަނީ އުމުރުން 64 އަހަރުގެ އަޙްމަދު އިބުރާހިމް ނަމަކަށް ކިޔާ ކުޅުދުއްފުށީ މީހެކެވެ.
އޭނާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެނެސް ފަރުވާދޭން ފަށާފައިވަނީ ހަވީރު ހަތަރެއް ޖަހާއެހާކަށްހާއިރު އެވެ. އަދި ގާތްގަނޑަކަށް ފަރުވާދޭންފެށިތާ 40 ހަކަށް މިނިޓްފަހުން އޭނާ ނިޔާވެފައި ވާކަމަށް އެރަށުން ވާހަކަދެއްކި މީހަކު ވަނީ ޚަބަރު އޮންލައިނަށް ކަށަވަރުކޮށްދީފަ އެވެ.
ކޮމެންޓު ފޮނުވާ