ކުޅުދުއްފުށީގައި ހިނގި އެކްސިޑެންޓެއްގައި ފަރުވާދެމުންދިޔަ ކުއްޖާ ނިޔާވެއްޖެ

ކުޅުދުއްފުށީގައި ހިނގި އެކްސިޑެންޓެއްގައި ފަރުވާދެމުންދިޔަ ކުއްޖާ ނިޔާވެއްޖެ

Author
ޢަލީ އާދަމް
23 މާރޗް 2021 10:52
0

މިމަހު 12 ވަނަ ދުވަހު ކުޅުދުއްފުށީގައި ސައިކަލަކާއި ޕިކަޕެއްޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި 17 އަހަރުގެ ކުއްޖާ ނިޔާވެއްޖެ އެވެ.

އެކްސިޑެންޓްގެ ސަބަބުން ނިޔާވެފައި ވަނީ އެވަގުތު ސައިކަލު ދުއްވަން އިން އުމުރުން 17 އަހަރުގެ މުޙައްމަދު ޒަޔާން އައްބާސް އެވެ.

މުޙައްމަދު ޒަޔާން ނިޔާވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އިތުރު ފަރުވާ ދެމުން ދަނިކޮށް މިއަދު ފަތިހުގެ ވަގުތެއްގަ އެވެ. ޒަޔާންގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮތީ މިއަދު މެންދުރު ނަމާދަށްފަހު ކުޅުދުއްފުށީ ހުކުރު މިސްކިތުގަ އެވެ.

ޒަޔާން ނިޔާވީ އެކްސިޑެންޓްގައި ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް ކުރި އޮޕަރޭޝަނަކަށްފަހު ހޮސްޕިޓަލުން ދޫކޮށްލި ފަހުން އަނެއްކާވެސް ބަނޑުގައި ރިއްސާތީ ހޮސްޕިޓަލުގައި އެޑްމިޓްކޮށް އިތުރު އޮޕަރޭޝަނެއް ކޮށް ފަރުވާދެމުން ދަނިކޮށް ކަމަށް މަޢުލޫމާތު ލިބެއެވެ.

މިމަހުގެ 12 ވީ ހުކުރު ދުވަހު މި އެކްސިޑެންޓް ހިނގާފައި ވަނީ ކުޅުދުއްފުށީ އަމީނީމަގާއި ނިކަގަސްމަގު ގުޅުނު ހަތަރުއަނގޮޅި ސަރަހައްދުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.