ޝަޢުބާން މަހަކީ ރަމަޟާން މަހަށް ތައްޔާރުވުމުގެ މައްސަރު: ޚުތުބާ

ޝަޢުބާން މަހަކީ ރަމަޟާން މަހަށް ތައްޔާރުވުމުގެ މައްސަރު: ޚުތުބާ

ގުޅުންހުރި

ޝައުބާން މަހަކީ ރަމަޟާން މަހަށް މަރްޙަބާ ކިޔުމަށް ތައްޔާރުވަމުން އަންނަ މައްސަރު ކަމުގައި ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާ ޚާއްސަ ކޮށްފައިވަނީ ޝައުބާން މަހާއި ހެޔޮ އަމަލު ކުރުމުގެ މައްޗަށެވެ. ޚުތުބާގައި ބުނެފައިވަނީ މިހާރު ވޭތިކުރަމުން މިދަނީ ޝަޢުބާންމަހުގެ ދުވަސްތައްކަމަށާއި، މި މަހަކީ އެތައް ގޮތަކުން ޚާއްޞަ މަހެއްކަމަށެވެ. ރަމަޟާން މަހަށް މަރްޙަބާ ކިޔުމަށް ތައްޔާރުވަމުން އަންނަ މައްސަރަކަށް މިމައްސަރުވާއިރު، ޝަޢުބާން މަހުގެ ހަނދު ފެނުމާއެކު ރޯދައިގެ މާތްކަމާއި، ރޭއަޅުކަމާއި، ހެޔޮ ޢަމަލުތައް، ކޮންމެ މުސްލިމެއްގެ ހިތަށް ވަދެގެން ދާނެކަމަށް ހުތުބާގައި ބުނެފައިވެއެވެ. ޝަޢުބާންމަހު އަޅުކަމުގައި ހީވާގިވުމަކީ، ރަމަޟާންމަހު އަޅުކަމުގައި މަޝްޣޫލުވުމަށް ލިބޭ ތަމްރީނެއް ކަމުގައި ވެސް ޚުތުބާގައި ބުނެފައިވެއެވެ.

މާތް ނަބިއްޔާ، ޝަޢުބާން މަހުގައި ރޯދަހިއްޕެވުން ގިނަކުރައްވާތީ ދެކެވަޑައިގެން، އަޞްޙާބު ބޭކަލުންގެ ތެރެއިން އުސާމާތު ބުނު ޒައިދުގެ އަރިހުން ރިވާވެގެންވާ ޙަދީޘެއްގެ މާނާގައިވެއެވެ. ތިމަން ދެންނެވީމެވެ. ﷲގެ ރަސޫލާއެވެ! "ޝަޢުބާން މަހު ކަލޭގެފާނު ރޯދަފުޅު ހިއްޕަވާ ވަރަށް އަހަރު ދުވަހުގެ އެހެން މައްސަރެއްގައި ކަލޭގެފާނު (ސުންނަތް) ރޯދަފުޅު ހިއްޕަވާ މައްސަރެއް ތިމަން ދެކެވަޑައި ނުގަންނަވަމެވެ. އެބަހީ، އެގޮތަށް ކަންތައް ކުރައްވަނީ ކީއްވެތޯއެވެ؟ އެހިނދު ޙަދީޘް ކުރެއްވިއެވެ. "އެއީ ރަމަޟާން މަހާއި ރަޖަބު މަހާއި ދެމެދުގައިވާ، މީސްތަކުން އެމަހާމެދު ޣާފިލުވާ މަހެކެވެ. އެއީ ޢާލަމްތަކުގެ ވެރި ރަސްކަލާނގެ ޙަޟްރަތަށް މީސްތަކުންގެ ޢަމަލުތައް އުފުލިގެންދާ މަހެކެވެ. އެހެންކަމާއެކު ތިމަން ކަލޭގެފާނު ރޯދަފުޅަށް ހުންނަވަނިކޮށް ތިމަން ކަލޭގެފާނުގެ ޢަމަލުފުޅުތައް އުފުއްލެވުމަކީ، ތިމަން ކަލޭގެފާނު ލޯބިކުރައްވާ ކަމެކެވެ.

މިބަސްފުޅުގެ މަޤްޞަދަކީ، ޒަމާނުއްސުރެ ރަޖަބުމަހުގެ މާތްކަމާއި ރަމަޟާންމަހުގެ މާތްކަން މީސްތަކުން ދަންނަކަމެވެ. ނަމަވެސް ޝަޢުބާންމަހުގެ މާތްކަމާމެދު އެހާބޮޑަށް މީސްތަކުންނަށް އެނގިފައި ނުވާކަމެވެ.

ޚުތުބާގައި ބުނެފައިވަނީ ވެހޭތާ ފެންނަގާށޭ ބުނާ ފަދައިން ފުރުޞަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް އިރުޝާދު ދެއްވާފައެވެ. ހެޔޮޢަމަލު ކުރުމުގައި އަވަދިނެތި އުޅޭވޭތޯ މަސައްކަތްކުރުމަށާއި، ގިނަގިނައިން ހެޔޮ ޢަމަލު ކުރުމަކީ، ގަސްދަކާނުލައި ކުރެވޭ ފާފަތަކުން ސަލާމަތް ކުރައްވާނެ ކަމެއްކަމުގައެވެ. މިފަދަ މޫސުމެއްގައި މާތް ނަބިއްޔާ ދައްކަވާފައިވާ މަގުގައި، ސާބިތުވެ ތިބުމަކީ، ކޮންމެހެން ބޭނުން ކަމެކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ