ލ. ގަމުގެ އެކްސިޑެންޓްގައި ހާލު ދެރަވި އަންހެން މީހާ ނިޔާވެއްޖެ

ލ. ގަމުގެ އެކްސިޑެންޓްގައި ހާލު ދެރަވި އަންހެން މީހާ ނިޔާވެއްޖެ

Author
ޢަލީ އާދަމް
19 މާރޗް 2021 10:14
0

މިދިޔަ އާދީއްތަ ދުވަހު ލ. ގަމުގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވެގެން ފަރުވާދިން މީހާ ނިޔާވެއްޖެ އެވެ.

ހައްދުންމަތީ ގަމުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އެންމެ ހާލު ސީރިއަސްވީ އުމުރުން 55 އަހަރުގެ ފާތިމަތު މަނިކެ އެވެ. އޭނާ ނިޔާވީ މާލެ ގެނެސް އޭޑީކޭގައި ފަރުވާދެމުން ގެންދަނިކޮށެވެ.

ލ. ގަން ރީޖަނަލް ހޮސްޕިޓަލުން ކުރިން ބުނެފައިވަނީ ވަނީ އެކްސިޑެންޓްގެ ސަބަބުން ފާތިމަތު މަނިކެގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާވެ ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށެވެ.

ފުލުހުން ބުނީ ދެ ސައިކަލެއް ޖެހިގެން ހިނގި މި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ 55 އަހަރުގެ ފާތިމަތު މަނިކެގެ އިތުރުން 28 އަހަރުގެ އަންހެނަކަށާއި، 32 އަހަރުގެ ބިދޭސީ ފިރިހެނަކަށް ކަމަށެވެ.

މި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއްވި ޢުމުރުން 28 އަހަރުގެ އަންހެންމީހާގެ ކަރު ކަށިގަނެޑެއް ބިންދައިގެން ގޮސްފައިވާކަމަށްވެސް ލ. ގަން ރީޖަނަލް ހޮސްޕިޓަލުން ކުރިން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.