ލ. ގަމު އެކްސިޑެންޓް: ހާލުސީރިއަސްވީ މީހާއަށް އޭޑީކޭގައި ފަރުވާދެނީ

ލ. ގަމު އެކްސިޑެންޓް: ހާލުސީރިއަސްވީ މީހާއަށް އޭޑީކޭގައި ފަރުވާދެނީ

Author
ޢަލީ އާދަމް
16 މާރޗް 2021 01:14
0

އާދީއްތަ ދުވަހު ހައްދުންމަތީ ގަމުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އެންމެ ހާލު ސީރިއަސްވީ އުމުރުން 55 އަހަރުގެ މީހާ މާލެ ގެނެސް އޭޑީކޭގައި ފަރުވާދެމުން ގެންދާއިރު އޭނާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން ބުނެފިއެވެ.

އެކްސިޑެންޓްގައި އެންމެ ހާލުދެރަވި އުމުރުން 55 އަހަރުގެ އަންހެންމީހާގެ އާއިލާއިން ބުނީ އޭނާއަށް މިވަގުތު ފަރުވާދެމުންދަނީ އޭޑީކޭގެ އައިސީޔޫގައި ކަމަށާއި ހާލު ކްރިޓިކަލް ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައި ވާކަމަށެވެ.

ފުލުހުން ބުނީ ދެ ސައިކަލެއް ޖެހިގެން ހިނގި މި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ 55 އަހަރުގެ އަންހެނަކަށާއި، 28 އަހަރުގެ އަންހެނަކަށާއި، 32 އަހަރުގެ ބިދޭސީ ފިރިހެނަކަށް ކަމަށެވެ.

ލ.ގަމުގައި ނުރައްކާތެރި އެކްސިޑެންޓެއް، އެކަކަށް އައިސީޔޫގައި ފަރުވާދެނީ

މި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއްވި ޢުމުރުން 28 އަހަރުގެ އަންހެންމީހާގެ ކަރު ކަށިގަނެޑެއް ބިންދައިގެން ގޮސްފައިވާކަމަށްވެސް ލ. ގަން ރީޖަނަލް ހޮސްޕިޓަލުން ކުރިން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.