ޅައިމަގު ބަނދަރުގެ ތަރައްޤީކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް!

ޅައިމަގު ބަނދަރުގެ ތަރައްޤީކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް!

Author
ޢަލީ އާދަމް
16 މާރޗް 2021 11:10
0

ށ. ޅައިމަގު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ ތެރެއިން، ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަޙައްދު ފުންކުރުމުގެ މަސައްކަތުގެ 78 އިންސައްތަ މަސައްކަތް ނިންމާލައިފި އެވެ.

މި މަޝްރޫޢުގެ މަސައްކަތް ކުރިއަށްގެންދާ އެމްޓީސީސީން ބުނީ ބަނދަރަށް އަލަށް އިތުރުކުރާ ބައި ފުންކުރުމުގެ މަސައްކަތުގެ އިތުރުން، ބަނދަރުގެ ބޭރުތޮށި ލުމަށްޓަކައި ބޮޑުހިލައިގެ ފުރަތަމަ ޝިޕްމެންޓް މިދިޔަ ހޮނިހިރު ދުވަހު، ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައި ވާކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 350 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލަ ބޭނުންކޮށްގެން ބޭރުތޮށްޓެއް ލުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން 31،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުމާއި، 276 މީޓަރުގެ ސަރަޙައްދެއްގަައި އެއްގަމުތޮށި ލުމާއި، 500 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 1،380 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި ނެރު ބައްތި އާއި މަގުބައްތި ހަރުކުރުން މި މަޝްރޫޢުގެ ތެރޭގައި ހިމެނިފައި ވެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 56.3 މިލިއަން ރުފިޔާ އަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.