އެޗްޕީއޭ ޖޫރިމަނާކުރުމަށް ކެލާ ޝަރީފް ގޮވާލައްވައިފި

އެޗްޕީއޭ ޖޫރިމަނާކުރުމަށް ކެލާ ޝަރީފް ގޮވާލައްވައިފި

Author
މުޙައްމަދު ޖިމީ
15 މާރޗް 2021 12:33
0

އެއްވެސް ޒިންމާދާރުކަމެއް ނެތްގޮތަށް އެޗްޕީއޭ އިން ޢަމަލުކުރާތީ އެ އިދާރާ ޖޫރިމަނާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހީމް ޝަރީފް (ކެލާ ޝަރީފް) ގޮވާލައްވައިފިއެވެ.

އިދިކޮޅު ޕީއެންސީގެ ނާއިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު، ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކާއި ގައިޑްލައިން ތަކުގެ ސަބަބުން، ކެފޭ، ރެސްޓޯރަންޓް ތަކާއި ވިޔަފާރިތަކަށް ލިބެމުންދާ ގެއްލުން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ހުށައެޅުއްވި ކުއްލި މައްސަލައަށް ވާހަކަފުޅު ދައްކަވަމުން ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވަނީ އެޗްޕީއޭއަށް ވަރަށް ބޮޑަށް ފާޑުވިދަޅުވެފައެވެ. އޭނާ ވިދާޅުވީ، އެޗްޕީއޭގައި އެއްވެސް އިންތިޒާމެއް ނެތްކަމަށެވެ. އެގޮތުން ވެކްސިން މަރުކަޒުތައް ކައިރީގައި ގައިދުރުކަން ނެތި އަދި މާސްކު ނާޅާ މީހުން ތިބެނީ އެޗްޕީއޭގެ އިންތިޒާމް ނެތުމުންކަމަށެވެ.

އެއްވެސް އިންތިޒާމެއް ނެތި ގުރޫޕެއްގައި ފަންސާސް ފަސްދޮޅަސް މީހުން އެބަތިބި. އަޅުގަނޑު މިކަމަށްޓަކައި އެޗްޕީއޭ ޖޫރިމަނާކުރުމަށް އަޅުގަނޑު ގޮވާލަން މިހާރު.

– ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް

ޝަރީފް ވަނީ އެޗްޕީއޭއިން އެކި ޕާޓިތަކަށް އެކި ގޮތް ހަދާތީ ހިތާމަކުރައްވާކަމަށްވެސް ވިދާޅުވެފައެވެ. އޭނާ މިހެން ވިދާލުވެފައިވާއިރު، އެޗްޕީއޭގެ އުސޫލްތަކާއި ޚިލާފްވެގެންކަމަށް ބުނެ ފުލުހުން އެމްޑީޕީ 5000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާއިރު އިދިކޮޅު ޕީޕީއެމް ޕީއެންސީ ވަނީ ކޮންމެ ޕާޓީއެއް 25،000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.

މީގެ އިތުރުންވެސް އެޗްޕީއޭއަށް ސިޔާސީ ނުފޫޒް ވަދެފައިވާކަމަށްބުނެ އެ އިދާރާއަށް ވަނީ ބޮޑެތި ފަޑުކިއުންތަކެއް އަމާޒުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

B Bulbul
Mi kelaa shareefaki minvan candidate ehge gothugai hure bayaku dhehki huvafenakah hehli faisaage dhahivethi kamugai reendhoo hun jehi garagu vefa huri meeheh.