އެމްޑީޕީ ޖޫރިމަނާކުރީ 5000 ރުފިޔާއިން، ޕީޕީއެމް ޕީއެންސީ 50،000 ރުފިޔާއިން

އެމްޑީޕީ ޖޫރިމަނާކުރީ 5000 ރުފިޔާއިން، ޕީޕީއެމް ޕީއެންސީ 50،000 ރުފިޔާއިން

Author
މުޙައްމަދު ޖިމީ
15 މާރޗް 2021 11:57
0

ކޯވިޑް-19އާއި ގުޅިގެން އެޗްޕީއޭއިން އަޅަފައިވާ ފިޔަވަޅުތަކާއި ޚިލާފްވެގެން ވެރިކަންކުރާ މައިޕާޓީ އެމްޑީޕީ ޖޫރިމަނާކުރީ5،000 ރުފިޔާއިންކަމަށާއި، އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީ ޖޫރިމަނާކުރީ ކޮންމެ ޕާޓީއެއް25،000 ރުފިޔާއިންކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އެމްޑީޕީ5000 ރުފިޔާއިން ޖޫރިމަނާކުރީ، އެޗްޕީއޭގެ ގައިޑްލައިނާއި ހިލާފަށް ޕާޓީގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާތީކަމަށެވެ. އަދި އިދިކޮޅު ޕާޓީތައް ކޮންމެ ޕާޓީއެއް25،000 ރުފިޔާއިން ޖޫރިމަނާކުރީ  މުޒާހަރާ ކުރުމުގެ ތެރެއިން އެޗްޕީއޭގެ މިންގަނޑުތަކާ ތަކުރާރުކޮށް ހިލާފުވެފައިވާތީކަމަށް ފުލުހުން ބުންޏެވެ.

އެމްޑީޕީ ޖޫރިމަނާކޮށްފައި މިވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމްޑީީގެ ޓިކެޓްގައި ހުޅުމާލެ ދާއިރާއަށް ވާދަކުރައްވާ ކެނޑިޑޭޓުގެ ޖަގަހަ ހުޅުވުމަށް ބޭއްވި ހަރަކާތުގައި އެޗްޕީއޭގެ އުސޫލްތަކާއި ޚިލާފުވުމުންނެވެ. އެމްޑީޕީން ބުނެފައިވަނީ އެ ހަރަކާތް ބޭއްވި އެޗްޕީއޭގެ ހުއްދައާއި އެކުކަމަށެވެ. ނަމަވެސް ކޯވިޑް-19 މާލެ ސަރަހައްދުގައި ފެތުރުން އިތުރުވުމާއި ގުޅިގެން އެޗްޕީއޭއިން ވަނީ ފަސް މީހުންނަށްވުރެ ގިނަ މީހުން އެއްވަގުތެއްގައި މާލެ ސަރަހައްދުގައި އެއްވެ ނޫޅެވޭގޮތަށް އުސޫލު އާންމުކޮށްފައެވެ. ނަމަވެސް އެމްޑީޕީގެ އެ ހަރަކާތުގައި އެއަށްވުރެ ގިނަ މީހުން ބައިވެރިވިއެވެ. އަދި މާސްކު ނާލާއި ގައިދުރުކަންވެސް ބަހައްޓަފައިނުވެއެވެ.

މީގެ އިތުރުން އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީވެސް ޖޫރިމަނާކޮށްފައި މިވަނީ މާލޭގެ އެކި ސަރަހައްދުތަކަށް އެޕާޓިގެ އިސްވެރިންނާއި ޕާޓީގެ މެންބަރުން އެއްވެސް މުޒާހަރާކުރުމުގެ ސަބަބުންނެވެ. އެ ދެޕާޓިން އަންނަނީ މާލޭގައި ސިލްސިލާ މުޒާހަރާތައް ބާއްވަމުންނެވެ.

އެމްޑީޕީއާއި ޕީޕީއެމް އަދި ޕީއެންސީ ޖޫރިމަނާކޮށްފައިވާއިރު، ފުލުހުން ވަނީ ޕީޕީއެމް ޕީއެންސީގެ އެއްވުން ހުއްޓުވާ މުޒާހަރާގެ ބައިވެރިން ހައްޔަރުކޮށްފައެވެ. ނަމަވެސް އެމްޑީޕީ ޖޫރިމަނާކުރިކަމަށް ފުލުހުން ބުނިނަމަވެސް އެ ހަރާކާތް ފުލުހުން ހުއްޓުވާފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.