ކްރިމިނަލް ކޯޓުގައި އޭސީއެއް ހަރުކުރަން އުޅު 2 މީހަކު ވެއްޓި ފަރުވާދެނީ

ކްރިމިނަލް ކޯޓުގައި އޭސީއެއް ހަރުކުރަން އުޅު 2 މީހަކު ވެއްޓި ފަރުވާދެނީ

Author
މުޙައްމަދު ޝަޒައިމް
13 މާރޗް 2021 04:14
0

ކްރިމިނަލް ކޯޓު ގޯތި ތެރޭ އޭސީ ހަރުކުރުމުގެ މަސައްކަތް ކުރަމުން ދިޔަ ދެމީހަކު އައުޓްޑޯ ޔުނިޓާ އެކު ވެއްޓި ޒަހަމް ތަކެއް ވުމާއި ގުޅިގެން އެދެމީހުންނަށް ފަރުވާދޭން ފަށައިފިއެވެ.

މި ހާދިސާގައި އަނިޔާ ލިބިފައި ވަނީ ދިވެއްސަކަށާއި ބިދޭސީ އަކަށެވެ. އަނިޔާވި ދެމީހުންނަށް އައިޖީއެމްއެޗުގައި ދަނީ ފަރުވާ ދެމުންނެވެ. ޒަހަމްވީ މީހުންނަށް ލިބުނު އަނިޔާގެ ތަފުސީލެއް ސާފުކޮށް ނުދިނެވެ.

ފުލުހުން ވިދާޅުވީ، އެ ކޯޓުގެ ގޯތި ތެރޭގައި އޭސީ ހަރުކުރަމުންދިޔަ ދެ މީހަކު އައުޓް ޑޯ ޔުނިޓާއެކު ޖަންގަކުން ވެއްޓިގެން އައިޖީއެމްއެޗްއަށް ގެންދިޔަ ކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ.

މިހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިއަދު މެންދުރު 12:35 ހާއިރު ކަމަށް ފުލުހުން ވިދާޅުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.