ރާއްޖެއިން ވެކްސިން ޖެހި މީހުންގެ އަދަދު ދެލައްކައާއި ގާތަށް

ރާއްޖެއިން ވެކްސިން ޖެހި މީހުންގެ އަދަދު ދެލައްކައާއި ގާތަށް

Author
މުޙައްމަދު ޝަޒައިމް
12 މާރޗް 2021 10:12
0

ރާއްޖޭގައި ކޯވިޑް-19އިން ދިފާޢުވުމަށް ދޭ ވެކްސިންޖެހި މީހުންގެ އަދަދު ދެލައްކަ އާއި ގާތްކޮށްފިއެވެ.

މިއަދަކީ ހުކުރު ދުވަހަކަށްވާއިރު މިއަދު ވަނީ 1،506 މީހަކު ވެކްސިން ޖަހާފައެވެ. މިއަދު މުޅިންވެސް ވެކްސިން ޖަހާފައިވަނީ އަތޮޅު ތެރޭގެ ރަށްތަކުގައެވެ.

މިއާއެކު އަތޮޅުތަކުން ވެކްސިންޖެހި މީހުންގެ އަދަދު 82،600 އަށް އަރާއިރު، މާލެ ސަރަޙައްދުން ވެކްސިންޖެހި މީހުންގެ ޖުމްލަ ޢަދަދަކީ 105،836އެވެ. އަދި މުޅު ރާއްޖެއިން ވެކްސން ޖެހި މީހުންގެ ޢަދަދު 188،436 އަށް ވަނީ އަރާފައެވެ.

ވެކްސިން ޖެހުމުގެ ޚިދުމަތް މިހާރު ދެމުން އަންނަނީ މާލެ ސަރަހައްދުގެ 7 ސެންޓަރަކާއި އަތޮޅުތަކުން 169 ސެންޓަރެއްގައެވެ. އަދި މާލޭ ސަރަޙައްދުގައި ވެކްސިން ދިނުމަށްޓަކައި 2 މޯބައިލް ޓީމްވެސް ހަރަކާތްތެރިވަމުން އާދެއެވެ.

ރާއްޖޭގައި ކޯވިޑް ވެކްސިންގެ ފުރަތަމ ޑޯޒް މިމަހުގެ15 އާއި ހަމައަށް ދިނުމަށް އެޗްޕީއޭއިން ކަނޑައެޅުމާއި ގުޅިގެން ގިނަ ޢަދަދެއްގެ ބަޔަކު ވަނީ ވެކްސިން ޖަހާ ސެންޓަރުތަކަށް ވެކްސިން ޖެހުމަށް ގޮސްފައެވެ. އެގޮތުން ވެކްސިން ސެންޓަރުތަކުގެ ބޭރުގައި ދިގުކިއު މިއަދު އޮތެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.