އަބްދުއްރަހީމްއާއި މުޒާހަރާއިން ހައްޔަރުކުރި ކަނބަލުން ދޫނިދުއަށް ގެންގޮސްފި

އަބްދުއްރަހީމްއާއި މުޒާހަރާއިން ހައްޔަރުކުރި ކަނބަލުން ދޫނިދުއަށް ގެންގޮސްފި

Author
މުޙައްމަދު ޝަޒައިމް
12 މާރޗް 2021 09:34
0

އިދިކޮޅު ކޯލިޝަން މިޒާހަރާގެ ތެރެއިން މިއަދު ހައްޔަރު ކުރި ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި، މުޒާހަރާއިން ހައްޔަރުކުރި އަންހެނުންތައް ދޫނިދޫއަށް ގެންގޮސްފިއެވެ.

އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ މިއަދު މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން އަބްދުއްރަހީމްއާއިއެކު 24 މީހަކު ހަވީރާއި ހަމަޔަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ. އަބްދުއްރަހީމް ހައްޔަރުކޮށްފައިވަނީ މުޒާޖަރާގެ ބައިވެރިންގެ ތެރެއިންވެސް ނޫނެވެ. އަބްދުއްރަހީމް ހައްޔަރުކޮށްފައިވަނީ އާރޓްފިޝަލް ބީޗްތެރޭގައި މަޑު ކޮށްލައިގެން ހުއްޓައެވެ. މިރޭވެސް ދަނީ މުޒާހަރާގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަމުންނެވެ.

މުޒާހަރާ ކުރަން ކަނޑައަޅާފައިވާ އެތައް ގަޑިއިރެއްގެ ކުރިން ޕީޕީއެމްގެ އޮފީސް ސަރަހައްދު ބަންދުކޮށް ފުލުހުން ހުރަސް އަޅަމުންދިޔަ ނަމަވެސް މާލޭގެ ބައެއް މަގުތަކުގައި އިދިކޮޅު ކޯލިޝަންގެ ބައިވެރިން ދަނީ މުޒާހަރާ ކުރަމުންނެވެ.

އިކޮޅު ކޯލިޝަނަށް ނިސްބަތްވާ މީހުންދަނީ ޗާންދަނީ މަގު ހަތަރު އަގޮޅި ގުޅުނު ސަރަހައްދުގައާއި، އެނޫންވެސް މާލޭގެ ބައެއް މަގުތަކުގައި މުޒާހަރާ ކުރަމުންނެވެ. މުޒަހަރާގެ ބައިވެރިން ހުއްޓުވުމަށް މިއަދު މާލޭގެ އެކި ސަރަހައްދުތަކުގައި ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވަމުންދާއިރު، މުޒަހަރާ ކުރިއަށް ނުގެންދެވޭނެހެން ފުލުހުން ދަނީ މީހުން ހައްޔަރު ކުރަމުންނެވެ.

އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ މުޒާހަރާގެ ތެރެއިން ކައުންސިލް އިންތިޚާބުގައި ވާދަ ކުރާ ޕީޕީއެމްގެ ކެންޑިޑޭޓުންނާއި، އެ ކޯލިޝަންގެ ކައުންސިލް މެމްބަރުންނާއި، ސަޕޯޓަރުންވެސް ހައްޔަރުކޮށްފައިވާކަަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.