މާލޭގެ ކެފޭ، ރެސްޓޯރެންޓް، ހޮޓާތަކުގެ ވިޔަފާރި ބަގުރޫޓުވެ، އެިޔަފާރި ކުރާ ފަރާތްތަކަަށް ދަނީ ގޮތް ހުސްވަމުން ކަމުގައި މާލެ ސިޓީ މޭޔަރުގެ މަޤާމަށް އިދިކޮޅު ޕީޕީއެމްއިން ވާދަކުރައްވާ ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ކޯވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދުން ކޭސްތައް ފެންނަ މިންވަރު މަތިވެ އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އެންމެ ބޮޑު އަސަރެއް ކުރަމުންދާ ކެފޭ، ރެސްޓޯރެންޓް، އަދި ސައި ހޮޓަލުގެ ވިޔަފާރި ކުރާ ފަރާތްތަކަށް ލިބެމުންދާ ގެއްލުންތަކާއި ގުޅޭގޮތުން ޑރ.މުއިއްޒު ވިދާޅުވީ މިއީ ސަރުކާރުންވެސް އަދި މާލެ ސިޓީ ކައުންސިލުންވެސް ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައިދެކި ހައްލު ހޯދަން ޖެހިފައިވާ މައްސަލައެއްކަމަށެވެ.
ކެފޭ، ރެސްޓޯރެންޓް، ހޮޓާތައް ރޭގަނޑު 8 ގެ ފަހުން ބަންދު ކުރަން ޖެހުމަކީ އެތަންތަނަށް ލިބެމުންދިޔަ ވިޔަފާރި އެތައް ތަނަކުން ކުޑަވެ، ވަޒީފާއި ގެންގުޅޭ މުވައްޒިފުންވެސް މަދުކުރަން މަޖުބޫރުވެފައިވާ ކަަމަކަށްވާއިރު، މިކަމުގެ ސަބަބުންވެސް ނިކަމެތިކަމާއި ގެއްލުން ކުރިމަތިވަނީ އެތަކެއް އާއިލާތަކަކަށް ކަމުގައި ޑރ.މުއިއްޒު ވިދާޅުވިއެވެ. ކޯވިޑްގެ މިހާލަތުގައިވެސް މިކަމަކީ ސީރިއަަސް އަދި އަވަސް ހައްލެއް ބޭނުންވާ މައްސަލައެއްގެ ގޮތުގައި ދެކި އިޚުލާސްތެރި ފިޔަވަޅެއް މިކަމުގައި އަޅަންޖެހިފައިވާކަމަށް ޑރ.މުއިއްޒު ވިދާޅުވިއެވެ.
ނާލޭގެ ކެފޭ، ރެސްޓޯރެންޓް، ސައި ހޮޓާތަކަސް ލެބެމުންދާ އިޔާދަނުކުރެވޭ ވަރުގެ ގެއްލުންތަކަކީ ސިޓީ ކައުންސިލާއި، ސަރުކާރުން ސީރިއަސް ގޮތެއްގައި ސަމާލުކަންދޭންޖެހޭ ކަމެއް. އެ ވިޔަފާރިތައް ދަނީ ބަނގުރޫޓުވަމުން، އެތައް ރައްޔިތުންނެއްގެ ވަޒީފާ ދަނީ ގެއްލެމުން.
– ޑރ.މުއިއްޒު ވިދާޅުވިއެވެ.
ކޯވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދުގައި އަޅާ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން އޭގެ ގެއްލުން އެންމެ ބޮޑަށް ކުރާ އެއްބަޔަކީ ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ފަރާތްތަކަށެވެ. މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައިވެސް މާލެ ސަރަހައްދުގެ ކެފޭ، ރެސްޓޯރެންޓް، ސައިހޮޓާތައް ރޭގަނޑު 10:30 އިން ފެށިގެން ބަންދު ކުރަން ޖެހެއެވެ. އަދި ރޭގަނޑު 8 ގެ ފަހުން އެތަންތަނުގައި ތިބެގެން ޚިދުތަމްދެވޭ ގޮތްވެސް ވަނީ މަނާކޮށްފައެވެ.
ކޮމެންޓު ފޮނުވާ