އަބްދުއްރަހީމް އާއިއެކު 16 މީހަކު ހައްޔަރުކޮށްފި

އަބްދުއްރަހީމް އާއިއެކު 16 މީހަކު ހައްޔަރުކޮށްފި

Author
މުޙައްމަދު ޝަޒައިމް
12 މާރޗް 2021 05:50
0

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން ހިންގެވުމައި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދު ރަހީމް ފުލުުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ އަބްދުއްރަހީމްއާއިއެކު16 މީހަކު މިހާތަނަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ. އަބްދުއްރަހީމް ހައްޔަރުކޮށްފައިވަނީ މުޒާޖަރާގެ ބައިވެރިންގެ ތެރެއިންވެސް ނޫނެވެ. އަބްދުއްރަހީމް ހައްޔަރުކޮށްފައިވަނީ އާރޓްފިޝަލް ބީޗްތެރޭގައި މަޑު ކޮށްލައިގެން ހުއްޓައެވެ.

މުޒާހަރާ ކުރަން ކަނޑައަޅާފައިވާ އެތައް ގަޑިއިރެއްގެ ކުރިން ޕީޕީއެމްގެ އޮފީސް ސަރަހައްދު ބަންދުކޮށް ފުލުހުން ހުރަސް އަޅަމުންދިޔަ ނަމަވެސް މާލޭގެ ބައެއް މަގުތަކުގައި އިދިކޮޅު ކޯލިޝަންގެ ބައިވެރިން ދަނީ މުޒާހަރާ ކުރަމުންނެވެ.

އިކޮޅު ކޯލިޝަނަށް ނިސްބަތްވާ މީހުންދަނީ ޗާންދަނީ މަގު ހަތަރު އަގޮޅި ގުޅުނު ސަރަހައްދުގައާއި، އެނޫންވެސް މާލޭގެ ބައެއް މަގުތަކުގައި މުޒާހަރާ ކުރަމުންނެވެ. މުޒަހަރާގެ ބައިވެރިން ހުއްޓުވުމަށް މިއަދު މާލޭގެ އެކި ސަރަހައްދުތަކުގައި ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވަމުންދާއިރު، މުޒަހަރާ ކުރިއަށް ނުގެންދެވޭނެހެން ފުލުހުން ދަނީ މީހުން ހައްޔަރު ކުރަމުންނެވެ.

އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ މުޒާހަރާގެ ތެރެއިން ކައުންސިލް އިންތިޚާބުގައި ވާދަ ކުރާ ޕީޕީއެމްގެ ކެންޑިޑޭޓުންނާއި، އެ ކޯލިޝަންގެ ކައުންސިލް މެމްބަރުންނާއި، ސަޕޯޓަރުންވެސް ހައްޔަރުކޮށްފައިވާކަަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.