މާލޭގެ ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަން ނުލިބެނީސް ބޯހިޔާވަހިކަމަށް ކުރަމުންދާ މަސައްކަތް ހުއްޓާލައި ފަހަތަށް ނުޖެހޭނެ ކަމުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ޓިކެޓްގައި ހުޅުމާލެ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް ރިޒްނާ ޒަރީރުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މާލެއަށްވެސް އަދި ހުޅުމާލެއަށްވެސް ދިމާވެފައިވާ މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަކަމަށެވެ. އެމްޑީޕީން ވައުދު ބުނަމުންއައީ ބޯހިޔާވަހިކަމަށް ހައްލު ހޯދައި ދިނުމަށް ކަމަށާއި އެކަން ނުވަނީވެސް މަސައްކަތް ހުއްޓާނުލާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އަޅުގަނޑުމެންނަށް އެބަ އަޑުއިވޭ ކޮބާހޭ މަގޭ ފްލެޓް ކިޔާފަ ގޮވާއަޑު، އަޅުގަނޑުމެންނަށް އެގޭ ފްލެޓަށް ވީގޮތް، 7،000 ފްލެޓަށް އިއުލާން ކުރައްވައި އޭރުގެ ހައުސިން މިނިސްޓަރު މިހާރު މާލެ ސިޓީ މޭޔަރުގެ ކަމަށް ނިކުންނީ 1974 މީހުން މާލޭގެ އެތައް މިތަނުގައި ޖައްސަފައި ދިރިއުޅުމެގ ހާލަތަށް ނުބަލައި އެތަން މިތަނުން ފްލެޓްދީފައި، މިއީ ފްލެޓަށް ދިމާވި ގޮތަކީ.
– ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ހުޅުމާލޭގައި 2 މިލިޔަން އަކަމީޓަރު ބޯހިޔާވަހިކަމަށް ހާއްސަކު ރެވިފައިވާކަމަށެވެ. އެ ކޮންޓްރެކްޓްއަށް އެގޮތް މިގޮތްވެ ކޮންޓްރެކްޓް ހުއްޓިފައި އޮތުމަކީ މިވަގުތު ދިމާވާ އެންމެބޮޑު މައްސަލަކަމަށެވެ. އަދި ކުރިއަށް އޮތް ކައުންސިލް އިންތިޚާބު ކަމިޔާބުކޮށް މާލޭ ސިޓީ ކައުންސިލްގެ އެންމެ ބޮޑު މަސްއޫލިއްޔަތަކީ އެތާށިން ރާއްޖެ ނެގުން ކަމަށާއި، ހުރިޔާ ކޮންޓްރެކްޓާއި، އެމްއޯޔޫ ބާތިލްކޮށް ކުރެވޭނެ ބަޔަކައި ހަވާލު ކުރަންޖެހޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މިދިޔަ 7 އަހަރު ގޯސްވީ އެހެން މީހަކު ވެރިކަމުގައި ހުރެގެން ނޫން. އެމްޑީޕީ ވެރިކަމުގައި ނެތިގެން. އެމްޑީޕީގެ ވިސްނުމުގައި ނޫނީ ދެން މިރާއްޖެ ކުރިއަށް ނުދާނެ. ވާދަވެރިންވެސް އިންތިކާބުގައި ހުށަހަޅަނީ އަޅުގަނޑުމެންގެ ހުށަހެޅުން.
– ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ އުންމީދުތައް ގުޅިފައިވަނީ އެމްޑީޕީގެ ވައުދުތަކާއި، ސިޔާސަތުތަކާއި ކަމަށެވެ. އެމްޑީޕީ ނޫން ވެރިކަމެއްގައި ވައުދުވެ އަޅަންބުނި ފެލެޓްތައް ނޭޅި އެތަންތަން ވަނީ ހަނަވަސް ވެފައިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެމްޑީޕީ މަޖިލީހަށް ވަނީވެސް އެޖެންޑާ 19 ތަފާތުވާނެ ކަމަށްބުނެ ކަމަށާއި، މިއަދު ރައްޔިތުން މަޖިލީހުގެ ތަފާތާއިމެދު މިނެކިރާލުން ރަނގަޅު ވާނެކަމަށެވެ.
ކޮމެންޓު ފޮނުވާ