ދިވެހި ރާއްޖެއަކީވެސް ދުނިޔޭގެ ތަހުޒީބު ޤައުމުތަކޭ އެއްފަދައިން ތަަރައްޤީ ކުރެވޭނެ ޤައުމެއްކަން ދިވެހި ރައްޔިތުންނަށް ހާމަކޮށްދެވި ދެ ވެރިންނަކީ ރައީސް އިބްރާހިމް ނާސިރު އާއި، ރައީސް ޔާމީންކަމަށް ޕީއެންސީގެ ނާއިބް ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ތާރީހުގައި ވެރިކަން ކުރެއްވި ބޭފުޅުން ރާއްޖޭގެ ތަރައްޤީއަށް ކުރައްވަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން މުހިންމު ލިޔުންކޮޅެއް ހިއްސާ ކުރައްވައި ސައީދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ރާއްޖޭގެ ތާރީހުން ވެރިކަން ކުރެއްވި ވެރިންގެ ތެރެއިން ރާއްޖެއަށް ތަރައްޤީ ގެނެސް ދުނިޔޭގެ ބޮޑެތި ޤައުމުތަކުން ފެންނަ ފަދަ ކުރިއެރުން ގެނުވޭނެކަމަށް ޤަބޫލު ކުރައްވައި އެމަޤަށް މަސައްކަތް ކުރެއްވީ ރައީސް ނާސިރާއި، ރައީސް ޔާމީންކަމަށެވެ. އެދެބޭފުޅުން ރާއްޖެއަކީ ތަރައްގީ ގެނުވޭނެ ޤައުމެއްކަން ހާމަކޯށްދެއްވާފައިވާކަމަށް ސައީދު ވިދާޅުވިއެވެ.
އެއް އިރެއްގައިވެސް މި ރާއްޖެ ފަޤީރެއްނޫނެވެ. "ފަޤީރީ ބައެއް ވެރިންގެ ދުރުވިސްނުމާއި އަމިއްލަ ޤައުމުގެ މިނިވަންކަން" ދިފާއު ކުރުމުގެ ވިސްނުމެވެ. ބްރިޖް އާއި އެއާޕޯޓް އާއި މޮޑާން ސިޓީތައްވެސް ހެދޭނީ އެކަން ވާނެ ކަން ޤަބޫލު ކޮށްގެންނެވެ. ރައީސް ނާސިރު އާއި ރައީސް ޔާމީން އަކީ އެފަދަ މިސާލު އަލުން ދެއްކެވި ވެރިންނެވެ.
– ސައީދު ވިދާޅުވިއެވެ.
“Eh ireggaives mi raajje fageereh nooneve” fageeree baeh veringe dhuruvisnumaai amilla gaumuge minivankan dhifaau kurumuge visnumeve. Bridge aai port aai modern city thavves hedheynee ekan vaaane kan gaboolu koggenneve. RNasir aai RY akee efadha misaalu amalun dhekkevi verinneve pic.twitter.com/LOLK6SqgMe
— Mohamed Saeed (@em_saeed) March 12, 2021
ރައީސް ނާޞިރަކީ ރާއްޖޭގެ ތަރައްޤީގެ އެންމެ މުހިންމު ބިންގާ ކަމުގައިވާ ހުޅުލޭ އެއާޕޯޓްގެ މަސައްކަތް ފަށައި އެކާމިޔާބު މަސައްކަތް ނިންމަވައި ދިވެހިން މިއަދު އިޤްތިޞާދީގޮތުން އެންމެ ބޮޑަށް ބަރޯސާ ވެފައިވާ ފަތުރުވެރިކަންވެސް ރާއްޖެއަށް ފައްޓަވައި ދެއްވާފައެވެ. ރައީސް ނާޞިރުވެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލަށް ނުހަނު މަތިވެރި މަސައްކަތްތަކެއް ކުރެއްވި ވެރިއެއްގެ ގޮތުގައެވެ.
ސައީދު ވަނީ ރާއްޖެ އަކީ ފަގީރު ޤައުމެއް ނޫންކަމަށް ލިޔުއްވާފައިވާ މުހިންމު ލިޔުންކޮޅެއްވެސް ހިއްސާ ކުރައްވާފައެވެ. އެލިޔުމުގައި ވަނީ "އަގު ނުދީ މަސައްކަތް ނުކުރުވުން" މި މައުޞޫގެ ދަށުން ލިޔެފައިވާ ލިޔުމެކެވެ. އެލިޔުމުގައި ބުނެފައިވަނީ ރާއްޖޭގައި ދުވަހުއްސުރެ އޮތީ ބޭގާނަ ބޮޑީ ޓެކްސް ނުވަތަ ހަށިގަނޑުން ޓެކްސް ނެގުން އާދަވެފައިކަމަށެވެ. އެއީ އެކޮނަމިސްޓުން ވަރަށް ދެކޮޅު ހަދާ ކަމެއްކަމަށާއި، ރާއްޖޭގައި އޮންނަނީ އަވަށު މަސައްކަތާއި ބަންޑާރަ މަސައްކަތުގެ ނަމުން މީހުން ލައްވާ އުޖޫރަ ނުދީ މަސައްކަތް ކުރުވުންކަމަށެވެ. އެރޭ ބޯޓްތަކުން ލިބޭ ރަންތަކާއި ލައްގާ މާވަހަރުތަކާއި މިނޫނަސް ރައްޔިތުންގެ މިލްކު ވެރީންގެ މިލްކަކަށް ހަދާ އެއިން އެމީހުން ފައިދާ ނެގުންކަމަށެވެ. އެއް އިރެއްގައިވެސް ރާއްޖެ ފަގީރެއް ނޫނެވެ. މާވަހަރާއި ރަން ހޯސް ކިޔާފައި ލިބޭކަމަށް އެލިޔުމުގައި ވެއެވެ.
އެހެން ނަމަވެސް ރައްޔިތުން އަޅުންނަށް ހަދައިގެން މަސައްކަތް ކުރުވަނީކަމަށެވެ. ރައީސް ނާޞިރު ހަމަޖެއްސީ ބަންޑާރަ ދަތުރަކު ދާން ޖެހިއްޖެނަމަ ދުވާލަކަށް ދެރުފިޔާ ބައިގެ މުސާރައާއި ރަނގަޅަށް ކެއުމާއި ބުއިން ދަތުރު ނިމެންދެން ދިނުމަށެވެ. މިގޮތުން ނާޞިރުގެ ވެރިކަން ނިމެންދެންވެސް ބޮޑީ ޓެކްސް ނުވަތަ ހަށިގަނޑުގެ ޓެކްސް ދޭކަށް ނުޖެހޭގޮތަށެވެ. މިއީވެސް އެންމެ މަތީ ދަރަޖައިގެ ރިފޯމްގެ ތެރޭގައި ހިމެނުނު ކަމެއްކަމަށް ލިޔުމުގައި ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ