މަސްޖިދުލް އަޤްޞާ އާއި ފަލަސްޠީނުގެ މަސްއަލަ އަކީ، ހަމައެކަނި ފަލަސްޠީނު މީހުންގެ މައްސަލައެއް ނޫންކަމަށާއި، އެއީ ހުރިހާ މުސްލިމުންނާއި ގުޅިލާމެހިފައިވާ މައްސަލައެއްކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ޚުތުބާ ޚާއްސަކޮށްފައިވަނީ އިސްރާއާއި މޢުރާޖުގެ ޒިކުރާއާއި، މަސްޖިދުލް އަޤްޞާގެ ދިފާޢުގެ މައްޗަށެވެ. މަސްޖިދުލް އަޤްޞާއަކީ މުސްލިމުންގެ ފުރަތަމަ ޤިބްލައަށްވާއިރު އެ މަތިވެރި ހަރަމްފުޅުގެ މަދަރާއި އިއްޒަތާއި ކަމާމަތަށްޓަކައި ކޮންމެ މުސްލިމަކު މަސައްކަތް ކުރުމަކީ ކުރަންޖެހޭ ކަމެއްކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
މުސްލިމް އަޚުންނޭވެ! މަސްޖިދުލް އަޤްޞާ އާއި ފަލަސްޠީނުގެ މަސްއަލަ އަކީ، ހަމައެކަނި ފަލަސްޠީނު މީހުންގެ މައްސަލައެއް ނޫން. އެއީ ހުރިހާ މުސްލިމުންގެ މައްސަލައެއް. މުސްލިމުންގެ ބިމަކަށް ބަޔަކު އަރައި، މުސްލިމުންގެ އަތުން އެ ބިން ފޭރިގެންފި ނަމަ އެ ބިން މިނިވަން ކުރުމަށްޓަކައި އެންމެހައި މުސްލިމުން މަސައްކަތް ކުރަން ޖެހޭ. އެ ބިމުގެ އަހްލުވެރިންނާ އެއްބައިވެ، އެކަތިގަނޑަކަށް ވާން ޖެހޭ. އެމީހުންގެ ކެކުޅުންތަކަށާއި، ގިސްލުންތަކަށާއި، ރުއިންތަކަށް އިޖާބަދޭން ޖެހޭ.
– ޚުތުބާގައި ބުނެފައިވެއެވެ.
އިސްރާއާއި މިޢުރާޖުގެ މަތިވެރި ޙާދިޘާއަށް އަލި އަޅުވާލައި ޚުތުބާގައި ބުނެފައިވަނީ އެހާދިސާއަކީ މާތް ކީރިތި ރަސޫލާ ގެ އަށް ދެއްކެވި މަތިވެރި މުޢުޖިޒާތެއްކަމަށެވެ. އަދި އެއީ މުސްލިމުންނަށް ކުރިމަތި ކުރެއްވި ބޮޑު އިމްތިޙާނެއްކަމަށެވެ. އިސްރާއަކީ މައްކާގެ އަލްމަސްޖިދުލް ޙަރާމުން އަލްމަސްޖިދުލް އަޤްޞާއަށް މާތް ނަބިއްޔާ ކުރެއްވި ދަތުރުފުޅެވެ. އެ މިސްކިތުގައި އެކަލޭގެފާނު ނަބީބޭކަލުންގެ އިމާމަކަށް ވެ ވަޑައިގެން ނަމާދުފުޅު ކުރެއްވިއެވެ. މިޢުރާޖުގެ ދަތުރުފުޅަކީ ބިމުން ފެށިގެން ގޮސް މަތިވެރިވެގެންވާ އަޑުތަކަށް ކުރެއްވި ދަތުރުފުޅެވެ. މި ދަތުރުފުޅު ނިމުނު ހިސާބު ދެނެވޮޑިގަންނަވަނީ ހުރިހާ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގަންނަވާ، އަރަހުށި ﷲ ޤަޙﷲ ޤަهل އެވެ. އެއްވެސް މީހަކަށް ވާޞިލު ނުވެވޭނެ މަތިވެރި ދަރަޖަތަކަށް އެކަލޭގެފާނު މިދަތުރުފުޅުގައި ވާޞިލުވެ ވަޑައިގަތެވެ.
މި މަތިވެރި ދަތުރުފުޅުގެ ތެރޭގައި އުއްމަތަށް ދެއްވި އެންމެ އަގު ބޮޑު ނިޢުމަތަކީ ފަރުޟު ފަސް ނަމާދު ވާޖިބު ކުރެއްވުމެވެ. މަތިވެރިވެގެންވާ މި ޙާދިޘާގެ ތެރޭގައި ރަސޫލު ﷲ لا ގެ މައްޗަށާއި، އެކަލޭގެފާނުގެ އުއްމަތުގެ މައްޗަށް ނަމާދު ފަރްޟުކުރެއްވުން ހިމެނެއެވެ. ރަސޫލު އެކަލޭގެފާނުގެ އަޚުންކަމުގައިވާ ނަބީބޭކަލުންގެ އަރިހުގައި އިމާމުވެ ވަޑައިގެން ޖަމާޢަތުގައި ނަމާދު ކުރެއްވި ކުރެއްވުމުން، އިސްލާމް ދީނުގެ މި ރުކުނުގެ މަތިވެރިކަމާއި ޤަދަރުވެރިކަން ހާމަވެގެން ދާކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
މަޙްޝަރުގެ ބިމުގައި، އެންމެ ފުރަތަމަ ހިސާބު ބެލެވޭނީ ނަމާދާ ބެހޭގޮތުންނެވެ. އެކަލޭގެފާނު ސުވަރުގެ ވަޑައިގަތުމުގެ ދާންކޮޅުގައި އޮންނަވައި، އެންމެ ފަހުން ކުރެއްވި ވަޞިއްޔަތަކީ، ނަމާދަށް ރައްކާތެރިވުމަށް ކުރެއްވި ވަޞިއްޔަތްކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.