އައްޑޫ ސިޓީގައި ބޮޑު މާރާމާރީއެއް، 7 މީހަކަށް ދަނީ ފަރުވާ ދެމުން

އައްޑޫ ސިޓީގައި ބޮޑު މާރާމާރީއެއް، 7 މީހަކަށް ދަނީ ފަރުވާ ދެމުން

Author
މުޙައްމަދު ޝަޒައިމް
11 މާރޗް 2021 10:04
0

އައްޑޫ ސިޓީގައި ދެ ގްރޫޕްކުން މާރާ މާރީއެއް ހިންގައި 7 މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވީ އައްޑޫ ސިޓީ ފޭދޫ ކުޑަކުދިންގެ ޕާކް ސަރަހައްދުގައި ދެ ގްރޫޕޫޕެއްގެ ދެމެދުގައި ހިނގި މާރާ މާރީއެއްގެ މައްސަލަ މިރޭ 18:30 ކަން ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާކަމަށެވެ.

މިމާމާރާ މާރީގައި 7 މީހަކަަށް އެކި ވަރުގެ އަނިޔާވެފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. އަނިޔާވި ބައެއް މީހުންނަށް ފޭދޫ ހެލެތު ސެންޓަރުގައި ފަރުވާދެމުންދާއިރު، ބައެއް މީހުންނަށް ހިތަދޫ ހޮސްޕިޓަލުގައިވެސް ފަރުވާދެމުންދާކަމަށެވެ.

މިމައްސަލަ ފުލުހުން އުތުރަށް ތަހުގީގް ކުރަމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.