ސިފައިންގެ ޤާނޫނަށް ގެނައި އިސްލާހު ރައީސް ތަސްދީޤު ކުރައްވައިފި

ސިފައިންގެ ޤާނޫނަށް ގެނައި އިސްލާހު ރައީސް ތަސްދީޤު ކުރައްވައިފި

Author
މުޙައްމަދު ޝަޒައިމް
11 މާރޗް 2021 06:18
0

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ސިފައިންގެ ޤާނޫނަށް އެއްވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަޞްދީޤު ކުރައްވައިފިއެވެ.

ސިފައިންގެ ޤާނޫނަށް ގެނެސްފައިވާ އިޞްލާޙަކީ، ޤާނޫނުގެ 30 ވަނަ މާއްދާގެ (ށ) ގެ (4) ވަނަ ނަންބަރުގެ ފަހަތަށް ދެ ނަންބަރު އިތުރުކުރުމެވެ. އެ ގޮތުން، ޤާނޫނަށް އިތުރުކޮށްފައިވާ ދެ ނަންބަރުގައި ބަޔާންކޮށްފައި ވަނީ ސިފައިންގެ ފޯސް ސްޓްރަކްޗަރ ދެމެހެއްޓުމާއި، ސިފައިންގެ ވަޒީފާގައި އެންމެ ޤާބިލު މީހުން ބޭތިއްބުމަށް އިސްކަންދިނުމަށެވެ.

ސިފައިންގެ ޤާނޫނަށް މި ގެނައި އިޞްލާޙުގެ ސަބަބުން ސިފައިންގެ ރިޓަޔަރމަންޓް ޤަވާއިދުގައިވާ ގޮތުގެ މަތިން ސިފައިންނަށް ރިޓަޔަރކުރެވޭނެ ގޮތްތަށް އިތުރަށް ހަރުދަނާ ވެގެންދާނެއެވެ. މި ބިލު ތަޞްދީޤު ކުރެއްވުމާއެކު، ދިވެހި ސަރުކާރުގެ ގެޒެޓްގައި މި ޤާނޫނު ވަނީ ޝާއިޢު ކުރައްވާފައެވެ. އަދި، މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.

މި ބިލަކީ މިމަހުގެ 8 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 14 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.