ފޯކައިދޫ ކޮމިޔުނިޓީ ސެންޓަރު އެޅުމަށް ކައުންސިލާއި ހަވާލުކޮށްފި

ފޯކައިދޫ ކޮމިޔުނިޓީ ސެންޓަރު އެޅުމަށް ކައުންސިލާއި ހަވާލުކޮށްފި

Author
މުޙައްމަދު ޝަޒައިމް
11 މާރޗް 2021 05:19
0

އިންޑިޔާ ސަރުކާރުގެ ހިލޭއެހީގެ ދަށުން ގާއިމުކުރުމަށް ހަމަޖެހިފައިވާ ށ. ފޯކައިދޫ ކޮމިޔުނިޓީ ސެންޓަރ ޕްރޮޖެކްޓް ފޯކައިދޫ ކައުންސިލުން ކުރިޔަށްގެންދިމަށް ހަވާލުކޮށްފިއެވެ.

މި ޕްރޮޖެކްޓަކީ 5،219،890.50 ރުފިޔާއަށް 26 ނޮވެމްބަރ 2019 ވަނަދުވަހު ބަޔަކާއި ހަވާލު ކުރެވިފައިޥާ މަޝްރޫޢުކެވެ. ނަމަވެސް ކޯވިޑް19 ހަލަތާއި، އަދި މިނޫނަސް ތަފާތު ސަބަބުތަކާއި ހުރެ މި ޕްރޮޖެކްޓް ކުރިޔަށް ނުގެންދެވުމުން ކޮންޓްރެކްޓްވަނީ މިއަހަރު ބާތިލްކޮށްފައެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 69 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ކުރިޔަށް މި ޕްރޮޖެކްޓް ކައުންސިލާއި ހަވާލުކޮށްގެން ކުރިޔަށް ގެންދިޔުމަށްވެވުނު އެއްބަސްވުމުގައި އެލްޖީއޭގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރފާތިމަތު އަފްޝާން ލަތީފް އެވެ. އަދި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ށ. ފޯކައިދޫ ކައުންސިލްގެ ރައީސް މުހައްމަދު ރާޝިދުއެވެ.

މި މަހުގެ ތިންވަނަ ދުވަހު ވެސް ވަނީ އެލްޖީއޭގެ ބަޖެޓްގައި ހިމެނޭ 3 ޕީ.އެސް.އައި.ޕީ މަޝްރޫއުއެއް ކައުންސިލުތަކުން ކުރިޔަށް ގެންދިޔުމަށް ހަވާލުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.