ގްރޭޑް 6 އާއި ހަމައަށް އޮންލައިންކޮށް ކިޔަވައިދޭން ނިންމައިފި

ގްރޭޑް 6 އާއި ހަމައަށް އޮންލައިންކޮށް ކިޔަވައިދޭން ނިންމައިފި

Author
މުޙައްމަދު ޖިމީ
11 މާރޗް 2021 04:38
0

އެލްކޭޖީން ފެށިގެން ފެށިގެން ގްރޭޑް6 އާއި ހަމައަށް އޮންލައިންކޮށް ކިޔެވުން ކުރިއަށް ގެންދިއުމަށް ނިންމާ މަތީ ގްރޭޑްތަކުގެ ދަރިވަރުން ސްކޫލަށް ގޮސްގެން ކިޔަވައިދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

މާލެ ސަރަހައްދުގައި ގްރޭޑް 8 އާއިހަމައަށް ކިޔެވުން މެދު ކަނޑާލާފައިވަނީ މިދިޔަ ފެބުރުއަރީ27 ގައެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ކުރިއަށް އޮތް ހަފްތާއަށް މާލޭ ސަރަޙައްދުގެ ސްކޫލްތަކުގެ އެލްކޭޖީ އިން ފެށިގެން ގްރޭޑް 6ގެ ކުދިން ސްކޫލަށް އައިސް ކިޔެވުން ހުއްޓާލައި އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް އެމިނިސްޓްރީން ނިންމައިފައިވާކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އެ ބަދަލު ގެނައީ މިދުވަސްވަރު ކޯވިޑް-19ގެ ކޭސްތައް މާލެ ސަރަޙައްދުގައި ހަލުވިކަމާއެކު ފެތުރެމުން ދިއުމާއެކު، މިހާރު އެޅިފައި ހުރި ފިޔަވަޅުތަކުން ބަލި ފެތުރޭ މިންވަރަށް ބަދަލު އަންނަމުން ނުދާކަން ފާހަގަކުރެވޭތީ، މިވަގުތު ބަލި ފެތުރެމުންދާ މިންވަރާއި ޙާލަތަށް ބަލައި ބަލި ފެތުރުމުގެ ރިސްކް އަވަހަށް ކުޑަކުރުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން، ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އެދުގެ މަތިންކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.