ރަޝިއާއަށް ދަތުރުކުރާ ދިވެހިން ސަމާލުވުމަށް އެދިއްޖެ

ރަޝިއާއަށް ދަތުރުކުރާ ދިވެހިން ސަމާލުވުމަށް އެދިއްޖެ

Author
މުޙައްމަދު ޖިމީ
11 މާރޗް 2021 04:28
0

ރަޝިއާއަށް ދަތުރުކުރާ ދިވެހިން ސަމާލުވުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ދިވެހިންނަށް ރަޝިޔާއަށް ދަތުރުކުރެވޭނެ ފަސޭހަ ގޮތްތަކެއް 2019 ގައި ވަނީ ހަމަޖައްސާފައިވާކަމަށާއި، އެގޮތުން ދިވެހިރާއްޖެއާއި ރަޝިއާ އާ ދެމެދު ޖޫން 25، 2019 ގައި ސޮއިކޮށްފައިވާ "އެގްރީމަންޓް ބިޓްވީން ދަ ގަވާންމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ގަވާންމަންޓް އޮފް ދަ ރަޝިއަން ފެޑެރޭޝަން އޮން މިއުޗުއަލް އެކްސެމްޕްޝަން އޮފް ވިސާ ރިކުއާމަންޓްސް ފޯ ނޭޝަނަލްސް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ފޯ ނޭޝަނަލްސް އޮފް ދަ ރަޝިއަން ފެޑެރޭޝަން" އެގްރީމަންޓަށް ޖުލައި 25، 2019 ގައި ވަނީ އަމަލުކުރަން ފަށާފައެވެ.

މި އެއްބަސްވުމުގެ ދަށުން، ރަޝިއާއަށް ދަތުރުކުރާ ދިވެހިންނަށް (މަސައްކަތް ކުރުމަށާއި ކިޔެވުމަށާއި ދިރިއުޅުން ބަދަލުކުރުން ފިޔަވައި އެހެން ބޭނުންތަކަށް) 90 ދުވަހުގެ އޮން-އެރައިވަލް ވިސާ ލިބެއެވެ. ނަމަވެސް ކޮވީޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ރަޝިއާ ސަރުކާރުން ވަނީ އެ ގައުމުގެ ބޯޑަރު ގަވާއިދުތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. މިގޮތުން މިހާރު ދިވެހީންނަށް ރަޝިއާއަށް ދަތުރު ކުރެވޭނީ ހަމައެކަނި ރާއްޖެއިން ފުރާ އަދި ރާއްޖެއިން ރަޝިއާ އަށް ދަތުރުކުރާ ޑައިރެކްޓް ފްލައިޓުތަކުގައެވެ.

ފޮރިން މިނިސްޓްރީން ވަނީ މި ބަދަލާއި ގުޅިގެން ރަޝިއާއަށް ދަތުރުކުރާ ދިވެހިން ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އަދިއެ ފިޔަވަޅުތަކަށް ބަދަލު އައުން އެކށީީގެންވާކަމަށާއި، ދަުރުރު ކުރުމުގައި މަޢުލޫމާތު ސާފުކުރުމަށްފަހު ނޫނީ ދަތުރު ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.