މިމަހުގެ 15ގެ ފަހުން ވެކްސިންގެ ފުރަތަމަ ޑޯޒް ދޭނެ މީހުން ކަނޑައަޅައިފި

މިމަހުގެ 15ގެ ފަހުން ވެކްސިންގެ ފުރަތަމަ ޑޯޒް ދޭނެ މީހުން ކަނޑައަޅައިފި

Author
މުޙައްމަދު ޖިމީ
11 މާރޗް 2021 03:39
0

މިމަހުގެ15ގެ ފަހުން ވެކްސިންގެ ފުރަތަމަ ޑޯޒް ދޭނެ މީހުން އެޗްޕީއޭއިން ކަނޑައަޅައިފިއެވެ.

އެޗްޕީއޭިން ބުނީ މާލެ ސަރަޙައްދުގައި ކޯވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒު ދިނުން އަންނަ ހަފްތާގެ ހޯމަ ދުވަހާއި ހަމައަށް ކުރިއަށް ގެންދާގޮތަށް ނިންމާފައިވީ ނަމަވެސް އޭގެ ފަހުންވެސް ބައެއް ފަރާތްތަކަށް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހުން ކުރިއަށް ގެންދާނެކަމަށެވެ އޭގެ ތެރޭގައި ހިމެނެނީ:

• ބަލިން ރައްކާތެރިކުރުމަށް ޚާއްޞަ އިސްކަމެއް ދޭ ފަރާތްތައް (އުމުރުން ދުވަސްވީ މީހުންނާއި ބަލިތަކުގައި އުޅޭ މީހުން)
• ޕޮސިޓިވްވެ މިހާރު އެކަހެރިވެފައިވާ މީހުން (އެމީހުންނަށް ވެކްސިންޖެހޭނެ ކަމަށް ކަނޑައަޅާފައިވާ މުއްދަތުގައި)
• ކޮންޓެކްޓަށްވެ ކަރަންޓީންގައި ތިބި މީހުން (އެމީހުންނަށް ވެކްސިންޖެހޭނެ ކަމަށް ކަނޑައަޅާފައިވާ މުއްދަތުގައި)
• ރާއްޖެއިން ބޭރުން ދަތުރުކުރުމަށްފަހު ކަރަންޓީންގައި ތިބި މީހުންނާއި މާލެއިން ދަތުރުކުރުމަށްފަހު ކަރަންޓީނުގައި ތިބި މީހުން
• ބައްޔެއްގެ ސަބަބުން، ޞިއްޙީ ޙާލަތެއްގެ ސަބަބުން ވެކްސިން ޖެހުން ލަސްކުރަންޖެހުނު މީހުން

މިމަހުގެ15ގެ ފަހުން ވެކްސިންގެ ފުރަތަމ ޑޯޒް ޢާންމުކޮށް ދިނުް ކުރިއށް ނުގެންދިޔަނަމަވެސް ރާއްޖެއިން ވެކްސިން ޖެހި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 175،456 އަށް އަރާފައެވެ. ސަރުކާރުން ވަނީ ވެކްސިންގެ ދެވަނަ ޑޮޒް ޖެހުމަށް ތައްޔާރުވަމުން އަންނަކަަމށް ބުނެފައެވެ.

ރާއްޖޭގައި ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް ނިންމާފައިވަނީ ފުރަތަމަ ވެކްސިން ޑޯޒް ދޭތާ 8 ހަފްތާފަހުންނެވެ. ހެލްތު މިނިސްޓަރ އަޙޤމަދު ނަސީމް ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ކުރުމަށްފަހު ކަރަންޓީން ނުވެ ދަތުރުކުރެވޭނެކަމަށް ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.