ރައީސް ޔާމީން ބޭރަށް ފުރަން، ރައީސް ޕްރެޝަރުކުރައްވާ: ޖަމީލް

ރައީސް ޔާމީން ބޭރަށް ފުރަން، ރައީސް ޕްރެޝަރުކުރައްވާ: ޖަމީލް

Author
މުޙައްމަދު ޖިމީ
11 މާރޗް 2021 02:52
0

ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރާއްޖެއިން ބޭރަށް ފުރަން ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ޕްރެޝަރުކުރައްވާ ކަމަށް ރައީސް ޔާމިންގެ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުުވެއްޖެއެވެ.

އިއްޔެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ނޫސްވެރިންނާއި ބައްދަލުކުރައްވާ ވިދާޅުވީ 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ އަދީބާއި ޒިޔަތު ގޭ ބަންދަށް ބަދަލުކުރީ ސިއްހީ ލިއުމެއް އޮވެ އިޖުރާއަތުގެ ތެރެއިން ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާކަމަށެވެ. ނަމަވެސް ރައީސް ޔާމީންގެ އެފަދަ ހުށައެޅުމެއް ނެތްކަމަށް ރައީސް ވިދާޅުވިއެވެ.

ޑރ.ޖަމީލް ވިދާޅުވީ، އަދީބާއި ޒިޔަތު ގޭގައި ތިބީ ޑޮކްޓަރެއްގެ ލިޔުމެއް އޮތުމުން ކަމަށް ރައީސް ޞާލިހް ވިދާޅުވުމަކީ ރައްޔިތުންނަކީ ތަނެއްދޮރެއް ނޭނގޭ ބައެއްކަމަށް ސިފަކުރުން ފަދަ ކަމެއްކަމަށާއި، އެނޫން ބަޔަކު ނެތީތޯ ޖަމީލް ސުވާލު ކުރެއްވިއެވެ.

ޖަމީލް ވިދާޅުވީ، ޙަޤީގަތަކީ ރައީސް ޔާމީނާ ދެކޮޅަށް ހެކިދިނުމުން ބަދަލުގައި އިނާމަކަށް އެ 2 މީހުން ގެއަށް ބަދަލުކުރުންކަމަށާއި، މިކަމުގެ ހެކި އެބަހުރިކަމަށެވެ. ރައީސް ޔާމީން ގެއަށް ބަދަލުކޮށް ސްޓްރެސް ފްރީ މާހައުލެއްގައި ބަހައްޓަންޖެހޭ ކަމުގެ ލިޔުން ތަކުރާރުކޮށް ހުށަހެޅުމުންވެސް ޤަބޫލެއް ނުކުރިކަމަށްވެސް ޑރ.ޖަމީލް ވިދާލުވިއެވެ.

ވަކިވަކިން ރައީސް ޞާލިޙް ގެ ފަރާތުން އެކިފަރާތްތައް މެދުވެރިކޮށް ޕްރެޝަރުކުރަމުންދަނީ ރައީސް ޔާމީން ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް. އެވަރުން ރައީސް ޔާމީން ރާއްޖެއިން ބޭރަށް ފޮނުވަން ކެތްމަދުވެގެން އުޅުއްވަނީ ކީތްވެބާ؟

– ޑރ. މުހައްމަދު ޖަމީލް އަހްމަދު

ޑރ.ޖަމީލް މިހެން ވިދާޅުވިއިރު، އިއްޔެ ރައީސް ވިދާޅުވީ،ރައީސް ވިދާޅުވި އަދީބާއި ޒިޔަތު ގޭގައި ބަހައްޓަންޖެހޭ ކަަމަށް ޑޮކްޓަރު ދެއްވާފައިވާ ފަދަ ލިއުމެއް ރައީސް ޔާމީންގެ ލިބިފައެއްނެތްކަމަށެވެ. އެމަނިކުފާނާ ގުޅިގެން ޑޮކްޓަރުން ލަފާ ދެއްވާފައި އޮތީ ޓެސްޓްތަކެއް ހަދަން ބޭރަށް ފޮނުވަން ކަމަށާއި، އެ ފުރުސަތު ރައީސް ޔާމީނަށް އެރުވިކަމަަށް ރައީސް ޔާމީން ވިދާޅުވިއެވެ. ނަމަވެސް އެފުރުޞަތުގެ ބޭނުން ރައީސް ޔާމީން ނުހިއްޕެވީކަމަށް ސަޢީދު ވިދާޅުވިއެވެ.

އަދީބާއި ޒިޔަތު ގޭ ބަންދަށް ބަދަލުކޮށް ޣައިރު ގާނޫނީ ލުއިތަކެއް ދިނީ ސަރުކާރުން އަދީބާ އެކު ހެދި ސިއްރު އެއްބަސްވުމުގެ ދަށުންކަމަށް އިދިކޮޅުން އަންނަނީ ތުހުމަތުކުރަމުންނެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.