ލަންދޫ ބަނދަރު އެއްގަމުތޮށީގެ މަސައްކަތް އަންނަ ހަފްތާގައި ފެށޭނެ: އެމްޓީސީސީ

ލަންދޫ ބަނދަރު އެއްގަމުތޮށީގެ މަސައްކަތް އަންނަ ހަފްތާގައި ފެށޭނެ: އެމްޓީސީސީ

Author
ޢަލީ އާދަމް
11 މާރޗް 2021 02:38
0

ނ. ލަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ ދަށުން، އެއްގަމުތޮށި ލުމުގެ މަސައްކަތް މިއަންނަ ހަފުތާތެރޭ ފެށޭނެ ކަމަށް އެ މަސައްކަތް ކުރަމުންގެންދާ އެމްޓީސީސީން ބުނެފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީން ބުނީ، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ބްލޮކްތަކާއެކު އެކުންފުނީގެ ބާޖު މިހާރު ލަންދޫއަށް ދަތުރުކުރަމުން ގެންދާކަމަށެވެ.

ލަންދޫ ބަނދަރުގެ މަޝްރޫޢުގެ ދަށުން، 25،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 256 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 401 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 60 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމަށް ވަނީ ކަނޑައަޅާފައެވެ.

މީގެ އިތުރުން ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމާއި، 1،280 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކޮށްފައި ވަނީ 32.4 މިލިއަން ރުފިޔާއަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.