އިންޑިއާ ބޯޓު ދޫކޮށްލީ ތަހުގީގަށް ބޭނުންވާ މައުލޫމާތު ނަގާފައި: ޕޮލިސް

އިންޑިއާ ބޯޓު ދޫކޮށްލީ ތަހުގީގަށް ބޭނުންވާ މައުލޫމާތު ނަގާފައި: ޕޮލިސް

Author
މުޙައްމަދު ޝަޒައިމް
11 މާރޗް 2021 12:32
0

ރާއްޖޭގެ ކަނޑުގައި ދާ އަޅައިގެން މަސްވެރިކަން ކުރަން އުޅެނިކޮށް އަތުލައިގަތް އިންޑިއާގެ ބޯޓު ދޫކޮށްލީ ތަހުގީގަށް ބޭނުންވާ މައުލޫމާތު ނެގުމަށް ފަހު ކަަމަށް ފުލުސް އިދާރާއިން ބުނެފިއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ ގަވައިދާއި ހިލާފަށް މަސްވެރިކަން ކުރަމުން ދަނިކޮށް ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު އަތުލައިގަތް މަސްބޯޓާއި އޭގައި ތިބި ފަޅުވެރިން ދޫކޮށްލާފައިވާކަން ފުލުހުން ކަށަވަރު ކޮށްދީފައެވެ.  މިދިޔަ ހަފުތާގައި ކަމަށް އަންގާރަ ދުވަހުކަމަށް އިންޑިއާގެ "ދަ ހިންދޫ" ގައި ރިޕޯޓްކޮށްފައި ވެއެވެ. އަތުލައިގެންފައި ވަނީ އިންޑިއާގެ އުތުރުގައި އޮންނަ ޓެމިލްނާޑޫގެ މަސްވެރިންތަކެއް ކަމަށް ވެސް އޭގައި ވެއެވެ.

ވިދާޅުވީ ފުލުހުންގެ ތަހްގީގަށް ބޭނުންވާ މައުލޫމާތު ނެގުމަށްފަހު ފިޝަރީޒް މިނިސްޓްރީގެ ލަފައާއިއެކު ބޯޓް ފުރުމުގެ ހުއްދަ ވަނީ ދީފައި ކަމަށެވެ. އެގޮތައް ބޯޓު ރާއްޖެ ސަރަހައްދުން ބޭރަށް ގޮސްފައި ވަނީ އެމްއެންޑީއެފް ކޯސްޓްގާޑްގެ ބެލުމުގެ ދަށުން ކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވިދާޅުވީ މިމައްސަލަ ފުލުހުން ދަނީ ތަހްގީގު ކުރަމުން ކަމުގައެވެ. އަދި ފިޔަވަޅު އެޅުމުގެ މަރުހަލާގެ ކަންކަން ފިޝަރީޒް މިނިސްޓްރީން ދަނީ ކުރަމުން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

އިންޑިއާގެ ބޯޓު ފުރުވާލިއިރު ރާއްޖޭގެ ކަނޑުތަކަށް ބޭރުގެ މަސް ބޯޓުތައް ހާއްސަކޮށް އިންޑިއާގެ މަސް ބޯޓުތައް ގަވައިދާ ހިލާފަށް ވަނުން އިތުރުވެފައިވާ ކަމަށް މަސްވެރިން ދަނީ ބުނަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އައިސްވަރިޔާ
ޖަބްކޮއިބާތު ބިގަޅްޖީއޭ ޖަބްކޮއިމުސްކިލް ޕަޅްޖާއޭ