މިނިސްޓަރ ޒަހާގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް ފޮނުވައިފި

މިނިސްޓަރ ޒަހާގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް ފޮނުވައިފި

Author
މުޙައްމަދު ޝަޒައިމް
11 މާރޗް 2021 12:03
0

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ފިޝަރީޒް، މިނިސްޓަރ ޒަހާ ވަހީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް ފޮނުވައިފިއެވެ.

މަޖިލިސް އިދާރާއިން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ 10 މެންބަރުން ސޮއިކުރައްވާ ހުށަހަޅުއްވާފައިވާ، މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް، މިއަދު އެކަމަނާއަށް ފޮނުވިފައިވާ ކަމަށެވެ.

މިނިސްޓަރ ޒަހާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ އިދިކޮޅު މެމްބަރުންނެވެ. 10 މެމްބަރުންގެ ސޮޔާއިއެކު މިމައްސަލަ ވައްދާފައިވަނީ މިއަދުއެވެ. މނިނިސްޓަރ ޒަހާގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ވައްދާފައިވަނީ ޕީޕީއެމް ޕީއެންސީގެ 9 މެމްބަރުންނާއި، މިނިވަން ދެމެމްބަރުން ކަމަށްވާ، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުއާއި، ނޮޅިވަރަމް ދައިރާގެ މެމްބަރު މުހައްމަދު ނަޝީދުގެ ސޮޔާއި އެކުގައެވެ.

މިނިސްޓަރ ޒަހާގެ އިތުބާރުގެ ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމާއި ގުޅިގެން ޒަހާގެ ދިފާޢުގައި ރައީސް މައުމޫން ކުރެއްވި ޓްވީޓުގައި ވިދާޅުވީ މިނިސްޓަރ ޒަހާ ގެންދަވަނީ މަސްވެރިކަމުގެ ދާއިރާއަށް ނުހަނު އިޚުލާސްތެރި ޚިދުމަތްތަކެއް ކޮށްދެއްވަމުންކަމަށެވެ. އަދި އެކަމަނާ ކުރައްވާ މަސައްކަތުގައި އެއްވެސް ޝައްކެތް ނެތްމިންވަރަށް އިތުބާރާއި ޔަގީންކަން އެބައޮތް ކަމުގައި ރައީސް މައުމޫން ވިދާޅުވިއެވެ.

ރައީސް މައުމޫން މިހެން ވިދާޅުވެފައިވަނީ އިއްޔެ ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ކެބިނެޓުގައި ހިމެނި ވަޑައިގަންނަވާ ވަޒީރުންނަށް ފުރިހަމަ އިތުބާރު އޮތްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުވެސް ވިދާޅުވެފައި ވަނިކޮށެވެ. ރައީސް ޞާލިހު ވިދާޅުވެފައިވަނީ މިސަރުކާރު ވެރިކަމަށް އައީ ކޯލިޝަނެއްގެ ތެރެއިން ކަމަށާއި، ވެރިކަމުގެ ދައުރު ފުރިހަމަ ކުރައްވާނީވެސް ކޯލިޝަންގެ ތެރެއިންކަމަށެވެ. މިނިސްޓަރ ޒަހާއަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްއަށް ނިސްބަތްވާ ވަޒީރެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.