ދެވަނަ ދައުރަކަށް ވިސްނަވާނީ ވަޢުދު ފުއްދުމަށްފަހު ކަމަށް ރައީސް ވިދާޅުވުމުން ޢިލްމުވެރިންގެ ތަޢުރީފް!

ދެވަނަ ދައުރަކަށް ވިސްނަވާނީ ވަޢުދު ފުއްދުމަށްފަހު ކަމަށް ރައީސް ވިދާޅުވުމުން ޢިލްމުވެރިންގެ ތަޢުރީފް!

Author
މުޙައްމަދު ޖިމީ
11 މާރޗް 2021 11:41
0

ވެރިކަމުގެ އިތުރު ދައުރަކަށް ކުރިމަތި ލެއްވުމަށްވުރެ ވިސްނުން ހުރީ، ވެފައިވާ ވައުދުތައް ފުއްދުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުމުން ދީނީ ބައެއް ޢިލްމުވެރިން ރައީސްއަށް ތަޢުރީފްކުރައްވައިފިއެވެ.

ވެރިކަމުގެ އިތުރު ދައުރަކަށް ކުރިމަތި ލުމުގެ ވިސްނުން ގެންގުޅުއްވަންތޯ އިއްޔެ ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވީ ވެރިކަމުގެ ވެރިކަން ކުރުމަށް ފަސް އަހަރުގެ ދައުރަކީވެސް ދިގު މުއްދަތެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ވެރިކަމަށް އައުމަށް ވެފައިވާ ވައުދުތައް ފުއްދުމަކީ އެމަނިކުފާނު އެންމެ ބޮޑަށް ހާސިލް ކުރައްވަން ބޭނުންވާ ކަންތައްކަމަށެވެ. ވެރިކަމަށް އައުމަށް ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި މިހާރުވެސް ކެނޑިނޭޅި މަސައްކަތް ކުރައްވަމުންދާއިރު، ދައުރު ނިމުމުގެ ކުރިން ވެފައިވާ ހުރިހާ ވައުދެއް ފުއްދުމަކީ އެމަނިކުފާނުގެ އަމާޒުކަމަށެވެ.

ރައީސްގެ އެވާހަކަފުޅަށް ދާޢީދުކުރައްވާ ޤައުމީ ޔުނިވަސިޓީން ދާދިފަހުން ސަސްޕެންޑްކުރި ޑރ.މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވީ، ހަގީގަތްވާނީ ހަގީގަތަކަށްކަމަށެވެ. އަދި ބަޔަކު މީހުން ނުރުހުނަސް އެކަން އޮންނާނީ އެގޮތަށްކަމަށް ޑރ.އިޔާޟް ވިދާޅުވިއެވެ.

ހަގީގަތް ވާނީ ހަގީގަތަކަށް. ބަޔަކު މީހުން ރުހުނަސް ނުރުހުނަސް އެކަން އޮންނާނީ އެހެން.

– ޑރ.މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

ދީނީ ޢިލްމުވެރިޔާ ޢަލީ ޒައިދު ވިދާޅުވީ، ރައީސްގެ އެ ވާހަކަފުޅަކީ މުޅި އިންޓަރވިއުއިންވެސް އެންމެ ފާހަގަކޮށްލެވޭ ބަސްކޮޅުކަމަށެވެ.

މުޅި އިންޓަރވިއު އިންވެސް އެންމެ ފާހަގަކޮށްލެވޭ ބަސްކޮޅު! ވަރަށް ރަނގަޅު! މުސްލިމުން ވަޢުދު ފުއްދާނެ! އެހެނީ ވަޢުދަކީ އެއާމެދު ސުވާލު ވެވޭނެ އެއްޗެއް.

– ދީނީ ޢިލްމުވެރިޔާ ޢަލީ ޒައިދު

އިއްޔެ ނޫސްވެރިންނާއި ބައްދަލުކުރައްވާ ރައީސް ވިދާޅުވީ، ވެރިކަމުގެ އިތުރު ދައުރަކަށް ކުރިމަތި ލެއްވުމާއިމެދު ގޮތެއް ނިންމަވަން އަދި މާއަވަސް ކަމަށެވެ. ވެރިކަމުގައި ދެމި ހުރެވޭނީވެސް އަދި އިތުރު ދައުރަކަށް ކުރިމަތިލެވޭނީވެސް ރައްޔިތުންގެ އިތުބާރު އޮވެގެންކަމަށާއި، އެކަން ކުރެވޭނީ ވެފައިވާ ވައުދުތައް ފުއްދައިގެންކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

ވެރިކަމަށް އައިސް ކުރިއަށް އޮތް ދައުރަށް ކުރިމަތި ލާން ވިސްނައިފިއްޔާ ރައްޔިތުންނަކަށް ޚިދުމަތެއް ނުކުރެވޭނެ. އަޅުގަނޑު ވެރިކަމަށް އައިސް އަޅުގަނޑު މިކުރާކަމަކީ އަޅުގަނޑުވީ ވަޢުދުތައް ރައްޔިތުންނަށް ފުއްދޭތޯ ބެލުން. އެހެނެއްނޫން، އަޅުގަނޑު ދެން އޮތް ދައުރަކަށް ކުރިމަތިލާން ވިސްނައިފިއްޔާ އަޅުގަނޑު ހިންގާ ކޮންމެ މަޝްރޫޢުއެއް ހިންގާނީ އަޅުގަނޑަށް ތަޢީދު ބޮޑުވާނީ ކޮންގަތަކަށްތޯ ބަލައިގެން. ކޮންރަށެއްގަ ކޮން މަޝްރޫޢުއެއް ހިންގައިގެންތޯ މިރަށުގެ ތާޢީދު އަޅުގަނަޑަށް ލިބޭނީ. ކޮން އާއިލާއެއްގެ ކާކަށް ވަޒީފާ ދީގެންތޯ އަޅުގަނޑަށް އެ އާއިލާގެ ސަޕޯޓް ލިބޭނީ. އެއީ އެކަން ވާނެގޮތަކީ. ވެރިކަމަށް ކުރިމަތިލައިގެން ކުރިއަށް އޮތް ދައުރަށް ދާން ނިންމައިގެން ވެރިކަން ކުރާ މީހަކު ކަންކުރާނެ ގޮތަކީ އެއީ. އަޅުގަނޑު އިރާދަކުރެއްވިއްޔާ މިކުރަނީ އެހެނެއްނޫން. އަޅުގަނޑު މަސައްކަތްކުރަމުން މިދަނީ އަޅުގަނޑު ވީ ވައުދުތައް އިހަށް ފުއްދޭތޯ. އެނޫން ވިސްނުމެއް އަޅުގަނޑު މިވަގުތަކު ނެތް. އަޅުގަނޑު ވެރިކަމުގެ ވާހަކަ ދެއްކުން ހެޔޔޮނުވާނެ އަޅުގަނޑު ވީ ދައުދުތައް ނުފުއްދެނީސް. ރައްޔިތުން ޤަބޫލެއް ނުކުރާނެ.

– ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

j jaabir
surukhee ga liyuvvan vee ba eh ilm verin kama ilm verin ney bunee ma hurihaa ilm verin hime ney