ވެރިކަމުގެ އިތުރު ދައުރަކަށް ކުރިމަތި ލެއްވުމަށް ވިސްނަވާނީ، ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވި ވިދާޅުވުމަށް ކްރިމިނަލް ކޯޓްގެ ކުރީގެ އިސް ގާޟީ އަޙްމަދު ޙައިލަމް ރައްދު ދެއްވައިފިއެވެ.
ޙައިލަމް ވިދާޅުވީ، ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) ގެ އޮނިގަނޑު ބަދަލުކުރުމަށް ވެވަޑައިގެންނެވި ވަޢުދު ފުއްދެވުން މުހިންމުކަމަށެވެ. ހައިލަމް މިހެން ވިދާޅުވެފައިވާއިރު، ޖޭއެސްސީގެ ކޮމްޕިޒިޝަން ބަދަލުކުރުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވަޢުދެކެވެ. ނަމަވެސް ޖޭއެސްސީއަށް ސިޔާސީ ނުފޫޒް ފޯރުވާ، ފަނޑިޔާރުންނަށް ފިޔަވަޅު އަޅަމުން ގެންދާތީ ފާޑުކިއުން އަމާޒުވެފައިވީނަމަވެސް ސަރުކާރުން މިހާތަނަށް ޖޭއެސްސީގެ ކޮމްޕޮޒިޝަނަށް ބަދަލު ގެނެސްފައެއް ނުވެއެވެ. ހައިލަމް ވަނީ، ބަރުލަމާނީ ޚުދުމުޚްތާރުކަމަށް ޖާގަ ނުދެއްވުމަށްވެސް އިލްތިމާސްކުރަައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިއްޔެ ނޫސްވެރިންނާއި ބައްދަލުކުރައްވާ ވިދާޅުވީ، ވެރިކަމުގެ ވެރިކަން ކުރުމަށް ފަސް އަހަރުގެ ދައުރަކީވެސް ދިގު މުއްދަތެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ވެރިކަމަށް އައުމަށް ވެފައިވާ ވައުދުތައް ފުއްދުމަކީ އެމަނިކުފާނު އެންމެ ބޮޑަށް ހާސިލް ކުރައްވަން ބޭނުންވާ ކަންތައްކަމަށެވެ. ވެރިކަމަށް އައުމަށް ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި މިހާރުވެސް ކެނޑިނޭޅި މަސައްކަތް ކުރައްވަމުންދާއިރު، ދައުރު ނިމުމުގެ ކުރިން ވެފައިވާ ހުރިހާ ވައުދެއް ފުއްދުމަކީ އެމަނިކުފާނުގެ އަމާޒުކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އެއް ސަރުކާރެއްނިމި އަނެއް ސަރުކާރެއް ގާއިމްވެގެންދާއިރު ސިޔާސަތުގެ ތަފާތު ތަކާއިހެދި ވަރަށް ބޮޑެތި ގޮންޖެހުންތަކައި ކުރިމަތިވާކަމަށެވެ. ޚާއްސަކޮށް މަރުކަޒީ އުސޫލުން ކަންކަން މާލެއަށް ގެނެސް ބާރު ކުރުމަށް ކުރެއްވި މަސައްކަރުން އަތޮޅު ތެރެއަށް ދާންޖެހޭ ތަރައްޤީ ވަރަށް ބޮޑަށް ހުއްޓިފައިވާކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ