މަލީހު ޖޭޕީން ވަކިވެވަޑައިގެންފި

މަލީހު ޖޭޕީން ވަކިވެވަޑައިގެންފި

Author
މުޙައްމަދު ޖިމީ
11 މާރޗް 2021 08:21
0

ކުރީގެ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީހު ޖަމާލް ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފިއެވެ.

މަލީހު ވިދާޅުވީ، ސަރުކާރުތެރޭ ޖޭޕީގެ އަޑު އެންމެ އިޚުލާސްތެރިކަމާއި އެކު އުފުލި މީހާއާއި ދޭތެރޭ ބޭއިންސާފު ހުސްކޮށް އެމްޑީޕީއިން ކަންކުރަމުން ދިޔަ އިރު އެޕާޓީ އޮތީ ހަނުކަމަށާއި، ބޮޑެތި ތުހުމަތުތަކާއި އެކު ވަކި ކުރެވުނެ ފަރާތްތަކާއި މެދު ފިޔަވަޅު ނާޅާކަމަށެވެ. އަދި ޖޭޕީއާއި ފެޔަށް ޖެހިވަޑައިގެންނެވިކަން މަލީހު ހާމަކުރެއްވިއެވެ.

ސަރުކާރުތެރޭ ޖޭޕީގެ އަޑު އެންމެ އިޚުލާސްތެރިކަމާއި އެކު އުފުލި މީހާއާއި ދޭތެރޭ ބޭއިންސާފު ހުސްކޮށް އެމްޑީޕީއިން ކަންކުރަމުން ދިޔަ އިރު ހަނު. ބޮޑެތި ތުހުމަތުތަކާއި އެކު ވަކި ކުރެވުނެ ފަރާތްތަކާއި މެދު ފިޔަވަޅު ނާޅާ. ކޯލިޝަންގައި ދަލު ބޭރުން. މިވަގުތު ޖޭޕީއާއި ފެޔަށް ޖެހިލާނަން.

– މުޙައްމަދު މަލީހު ޖަމާލް

މަލީހު މިހެން ވިދާޅުވީ، ފިޝަރީޒް މިނިސްޓާރ ޒަހާގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅުން މަޖިލީހަށް ވެއްދުމުން އެމްއާރުއެމްގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ޒަހާގެ ދިފާޢުގައި ކުރެއްވި ޓްވީޓާއި، ޖޭޕީން މަލީހުއާއި މެދު ފިޔަވަޅު އެޅުމަށް ނިންމި ޚަބަރާއެކުއެވެ.

މަލީހު ޖޭޕީން ވަކިވެވަޑައިގެންފައިވާއިރު، މިދިޔަ ހަފްތާގައި ވަނީ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބޭއްވި ހަރަކާތެއްގައި މަލީހު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.