ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދަށް އެއްވެސް ޝައްކެތް ނެތް މިންވަރަށް އިތުބާރު އެބައޮތް ކަމުގައި ކުރީގެ ރައީސް އަދި އެމްއާރުގެ ރައީސް އަލް އުޘްތާޒު މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޒަހާގެ އިތުބާރުގެ ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމާއި ގުޅިގެން ޒަހާގެ ދިފާޢުގައި ރައީސް މައުމޫން ކުރެއްވި ޓްވީޓުގައި ވިދާޅުވީ މިނިސްޓަރ ޒަހާ ގެންދަވަނީ މަސްވެރިކަމުގެ ދާއިރާއަށް ނުހަނު އިޚުލާސްތެރި ޚިދުމަތްތަކެއް ކޮށްދެއްވަމުންކަމަށެވެ. އަދި އެކަމަނާ ކުރައްވާ މަސައްކަތުގައި އެއްވެސް ޝައްކެތް ނެތްމިންވަރަށް އިތުބާރާއި ޔަގީންކަން އެބައޮތް ކަމުގައި ރައީސް މައުމޫން ވިދާޅުވިއެވެ.
MRM has full confidence in Minister Zaha Waheed. She is serving our fisheries industry and fishermen and indeed the country with honour and distinction. @presidencymv @MoFMRAmv @MRM_Office
— Maumoon Abdul Gayoom (@maumoonagayoom) March 10, 2021
ރައީސް މައުމޫން މިހެން ވިދާޅުވެފައިވަނީ މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ކެބިނެޓުގައި ހިމެނި ވަޑައިގަންނަވާ ވަޒީރުންނަށް ފުރިހަމަ އިތުބާރު އޮތްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުވެސް ވިދާޅުވެފައި ވަނިކޮށެވެ. ރައީސް ޞާލިހު ވިދާޅުވެފައިވަނީ މިސަރުކާރު ވެރިކަމަށް އައީ ކޯލިޝަނެއްގެ ތެރެއިން ކަމަށާއި، ވެރިކަމުގެ ދައުރު ފުރިހަމަ ކުރައްވާނީވެސް ކޯލިޝަންގެ ތެރެއިންކަމަށެވެ. މިނިސްޓަރ ޒަހާއަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްއަށް ނިސްބަތްވާ ވަޒީރެކެވެ.
މިނިސްޓަރ ޒަހާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ އިދިކޮޅު މެމްބަރުންނެވެ. 10 މެމްބަރުންގެ ސޮޔާއިއެކު މިމައްސަލަ ވައްދާފައިވަނީ މިއަދުއެވެ. މނިނިސްޓަރ ޒަހާގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ވައްދާފައިވަނީ ޕީޕީއެމް ޕީއެންސީގެ 9 މެމްބަރުންނާއި، މިނިވަން ދެމެމްބަރުން ކަމަށްވާ، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުއާއި، ނޮޅިވަރަމް ދައިރާގެ މެމްބަރު މުހައްމަދު ނަޝީދުގެ ސޮޔާއި އެކުގައެވެ.
ކޮމެންޓު ފޮނުވާ