މީހެއްގެ އަތުން ފައިސާ ނަގައިގެން މިހާތަނަށް އެއްވެސް ކުއްވެރިއަކަށް ލުއިދީފައި ނުވާނެކަަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާލުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝިދު ވަނީ ރައީސުލްޖުމްހޫރިއްޔާ އޮފީހުން ކޮރަޕްޝަނަށް މަގުފަހި ވާގޮތަށް ކުށްވެރިންނަށް މަޢާފްދީ އަފްޢާމް ދެމުންދާކަމަށް ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާލުވީ، ޖަލުގައި ތިބި ކުއްވެރިންނަށް މައާފްދިނުމުގައި އަމަލުކުރާ ގޮތްތަކެއް ހުންނަކަމަށާއި، އޭގެތެރެއިން އެއްގޮތަކީ ކްލެމެންސީ ބޯޑަށް އެ ކުށްވެރިއަކު މައްސަލަ ހުށައެޅުމުން އެ މައްސަލައެއް ބެލުމަށްފަހު ރައީސްގެ އަރިހަށް ފޮނުވުމުން އެމައްސަލަތަކަށް ބެއްލެވުމަށްފަހު މަޢާފްދެއްވަން ފެނިވަޑައިގަންނަވާ ގައިދީންނަށް ލުއިދިނުންކަމަށެވެ. ދެވަނަ ގޮތަކީ ކްލެމެންސީ ޤާނުނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ގައިދީއެއްގެ ހުކުމުގެ 4 ބައިކުޅަ 1 ބައި ފުރިހަމަކޮށްފައިވާ މީހުންގެ ސިއްޙީ ހާލަަތަށް ބެލުަމަށްފަހު ލުއިދިނުންކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތަށް ގައިދީންނަށް މައާފްދިނުމާއި ލުއިދިނުން ކުރިއަށް ގެންދަވާކަަމަށާއި، ނަމަވެސް މިހާަތަަނަށް އެއްވެސް މީހެއްގެ އަތުން ފައިސާ ނަގައިގެން ކުއްވެރިއަކަށް ލުއިދީފައި ނުވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެފަދަ ކަމެއް ނުވެސް ކުރާނެކަަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.
ހުންނާނެ ކްލެމެންސީ ބޯޑުން އަޅުގަނޑާ ހަމައަށް ފޮނުވައިގެން ލުއިދިނުމަށާއި، ޤާނޫނުގެ ދަށުން ލުއިދޭއިރުވެސް ކަރެކްޝަންގެ ފަރާޔުން މަޢުލޫމާތު ހޯދާފައި އެއީ މުޖުތަމައުއަށް ދޫކޮށްލަން އެކަސީގެންވާވަރުގެ މީހެއްތޯ ބަލާފަ ނޫނީ އަޅުގަނޑުމެން ނުވާނެ ދޫކޮށްފައެއް. އަޅުގަނޑު ޔަޤީންކަމާއެކު މިދަންނަވަނީ ރައީސް އޮފީހުގެ ތެރެއިން ، ރައީސް އޮފީހުން މީހެއްގެ އަތުން ފައިސާ ނަގައިގެން ކުއްވެރިއަކަށް ލުއިދީފައެއް ނޯންނާނެ. އެ ޔަޤީންކަން އަޅުގަނޑު އެބައޮތް. އެކަމެއް އަޅުގަނޑު ނުވެސް ކުރާނަން
– ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް

ރައީސް މިހެން ވިދާޅުވެފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ 12 ވަނަ ބައްދަލުވުމުގައި ކޮމިޓީގައި ބަހުސް ކުރެވުނު މައްސަލައެއްގައި ބައިވެރިވެ ވަޑައިގެން މަޖިލިސް ރައީސް ވަނީ ކުށްވެރިން ދޫކުރުމުގައި ރައީސް އޮފީހުން ކޮރަޕްޝަނަށް މަގުފަހި ވާގޮތަށް އަމަލު ކުރާކަމުގެ ތުހުމަތު ކުރައްވާފައެވެ. ކޮމިޓީން ރައީސް ނަޝީދުގެ ވާހަކަ ދައްކަން ފެއްޓީއިރު، މައިކު އޮންކޮށްފައި ބެހެއްޓި ނަމަވެސް ކުޑަ އިރުކޮޅެއް ތެރޭ ވަނީ މައިކް އޮފްކޮށްލާފައެވެ.
ކްލެމެންސީ ރައީސުލްޖުމްހޫރިއްޔާ އޮފީހުން މާގިނައިން އަޅުގަނޑުމެންނަށް އަޑު އިވެނީ ރިޝްވަތުގެ ގޮތުގައި ފައިސާ ނުގުމަށްފަހު މީހުންނަށް އަފްއާމާއި މަޢާފް ދޭ ވާހަކަ. އަޅުގަނޑު އުންމީދުކުރަން މިހާރު ދެން އިންނާނެކަމަށް. އަޅުގަނޑަކަށް ނުވިސްނޭ އިންތި.
މިހިސާބުން ކޮމިޓީން ވަނީ ރައީސް ނަޝީދުގެ އަޑު ކަޑާލާފައެވެ.
ކޮރަޕްޝަނަށް މަގުފަހި ވާގޮތަށް ރައީސް އޮފީހުން ކުށްވެރިންނަށް މަޢާފްދޭކަމުގެ ތުހުމަތު
ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ 201 ގައިދީއެއްގެ އަދަބު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް 2019 އަހަރުވަނީ ލުއިކޮށްދީފައެވެ.
ކޮމެންޓު ފޮނުވާ