މަލީހު އާއިމެދު މަޖިލީހުން އަމަލު ކުރެއްވި ގޮތަށް ރައީސްގެ ނުރުހުން

މަލީހު އާއިމެދު މަޖިލީހުން އަމަލު ކުރެއްވި ގޮތަށް ރައީސްގެ ނުރުހުން

Author
މުޙައްމަދު ޝަޒައިމް
10 މާރޗް 2021 05:14
0

ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލު މަޤާމުން ވަކިކުރުމަށް މަޖިލީހުން އަމަލު ކުރައްވާފައިވާ ގޮތާއިމެދު ރައީސުލްޖުމްހޫރިއްޔާ ނުރުހުން ފާޅު ކުރައްވައިފިއެވެ.

ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނާއި ގުޅިގެން މަޖިލިސް ތެރެއިން ނަގަމުންދާ އިތުބާރު ނެތްކަމުގެ މައްސަލަތަކާއި ގުޅިގެން ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވަނީ ވަޒީރެއްގެ އިތުބާރު ނެތްކަމަށް މަޖިލީހުގެ މެމްބަރުންނަށް ފާހަގަވާނަމަ އެވަޒީރަކާއިމެދު ފިޔަވަޅު އެޅުމުގެ ކުރިން އެމަނިކުފާނާއި ހަމައަށް ގެނެސްދެއްވުމަށް އެދިވަޑައިގެންފައެވެ.

ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރުގެ މަޤާމުން މަލީހު ވަކިވެގެން ދިޔަ ގޮތާއި ގުޅޭގޮތުން ރައީސް ޞާލިހު ވިދާޅުވީ މަލީހު މަޤާމުން ވަކިކުރުގެ ކުރިން އޭނާއާއި ވާހަދައްކަވާފައިވާނެކަމަށެވެ. މަލީހު ބޭނުންވީ މަޖިލީހުން ކުރެއްވި ތުހުމަތުތަކަށް އަމިއްލަފުޅަށް މަޖިލީހަށް ވަޑައިގެން ޖަވާބު ދެއްވުމަށް ކަމަށެވެ.

ރައީސް ޞާލިހު މިފަދަ ގޮތަކަށް ވިދާޅުވިއިރު، މަޖިލީހުން މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ނަގާފައިވަނީ އެމްޑީޕީ ޕީޖީ ގްރޫޕުން މަލީހާއިމެދު ގޮތެއް ނިންމުމަށް މިދިޔަ އަހަރު ފަހުކޮޅު ރައީސްއަށް ފޮނުވާފައިވާތާ އެތައް ދުވަހެއް ވީފަހުންނެވެ.

ރައީސް ވިދާޅުވީ މަޖިލިސް ތެރެއިން ކެބިނެޓްގައި ހިމެނޭ ވަޒީރެއްގެ އިތުބާރު ނެތްކަމަށް ނަގާނަމަ އެކަމުގެ އެންމެ ފުރަތަމަ މަޝްވަރާވެސް އެމަނިކުފާނާއި ކުރައްވަން ޖެހޭކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އެދިވަޑައިގަންނަވަނީ މަޖިލިސް ތެރެއިން ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވައްދާނަމަ އެމައްސަލައެއް ވެއްދުމުގެ ކުރިން އެމަނިކުފާނާއި ހަމައަށް އުމަށް ކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުގެ ތެރޭގައި އެކި ޕާޓީތަކަށް ނިސްބަތްވާ ވަޒީރުން ތިއްބެވިނަމަވެސް ސަރުކާރަކީ އެއް ސަރުކާރެއްކަަމަށެވެ. މަސައްކަތް ކުރެވެމުންދަނީ އެއް އަމާޒަކަށް ވާސިލް ވުމަށްކަމަށާއި، ވަޒީރުންގެ ތެރޭގައި އެމަނިކުފާނުގެ އިތުބާރު ގެއްލޭފަދަ އަދި މަސައްކަތުގެ ޒިންމާ އަދާނުކުރާފަދަ ވަޒީރަކު ހުންނެވިކަމަށް ފާހަގަނުވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

B Birubodu
އާމްމުރަށްޔިތުން ކުރިމަތީގައި ރައީސްސޯލިހުގެ އަގުވަށްޓާ ލުމަށްޓަކައި އެންމެބޮޑަށް މަސައްކަތް ކުރާމީހަކީ ކެނރީގޭ ބުއްޅަބެ ވަރަށްވަރަށްސާފް އިނގޭތޯ