މިނިސްޓަރ ޒަހާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދައިފި

މިނިސްޓަރ ޒަހާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދައިފި

Author
މުޙައްމަދު ޝަޒައިމް
10 މާރޗް 2021 03:36
0

މިނިސްޓަރ ޒަހާގެ އިތުބާރުގެ ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދައިފިއެވެ.

މިނިސްޓަރ ޒަހާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ އިދިކޮޅު މެމްބަރުންނެވެ. 10 މެމްބަރުންގެ ސޮޔާއިއެކު މިމައްސަލަ ވައްދާފައިވަނީ މިއަދުއެވެ. މނިނިސްޓަރ ޒަހާގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ވައްދާފައިވަނީ ޕީޕީއެމް ޕީއެންސީގެ 9 މެމްބަރުންނާއި، މިނިވަން ދެމެމްބަރުން ކަމަށްވާ، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުއާއި، ނޮޅިވަރަމް ދައިރާގެ މެމްބަރު މުހައްމަދު ނަޝީދުގެ ސޮޔާއި އެކުގައެވެ.

އިތުބާރު ނެތްކަމުގެ މައްސަލާގައި ބުނެފައިވަނީ ދިވެހިންގެ ލޭނާރުކަމުގައިވާ މަސްވެރިކަމުގެ ސިނާޢަތުގައި މަސައްކަތް ކުރަމުންދާ ދިވެހި މަސްވެރިންނާއި މަސްވެރި ޢާއިލާތަކަށް މިސަރުކާރުން ވެފައިވާ ވަޢުދުތައް ފުއްދުމަށް ކުރަންޖެހޭ މަސައްކަތްތައް ނުކުރެވި، މަސްވެރިންނަށް ދޭންޖެހޭ ޚިދްމަތްތައް ނުދެވި، މަސްވެރިން ބާނާ މަހަށް ހަމައަގު ހޯދައިނުދީ، މަސްވެރިންގެ ޖީބަށް ޑޮލަރު ވަންނާނެ ގޮތް ނުހަދައި، ދިވެހި އިޤްޠިޞާދުގެ ރޫފަހެޔޮ ނުކުރެވި، މަސްވެރިކަމުގެ ސިނާޢަތުން ނެރެވޭ ފައިދާ ބޮޑު ނުކުރެވި، މަސްވެރިކަމަށް ދުނިޔޭގެ ބާޒާރުގައި ލިބެންޖެހޭ ބޮޑު އަގު ދިވެހި މަސްވެރީންނަށް ހޯދައިނުދެވި، ރާއްޖޭގެކަނޑުތައް ދިވެހި މަސްވެރިންނަށް ޔަޤީންކޮށްދީ، ބޭރުގެ މާކެޓަށް ދިވެހި މަސްވެރިން ވަނުމުގެ ފުރުޞަތު ތަނަވަސްކޮށް، ކަންނެލި ޖަގަހަތަކާއި ގޭދޮށު މަސް ފެކްޓްރީތައް ޤާއިމްކުރުމަކީ މިސަރުކާރުން މަސްވެރިންނަށް ވެފައިވާ ބޮޑެތި ވަޢުދުތައް ކަމަށެވެ.

އަދި "ރަސްއައިންތަކުން ވަތް ފުރާ ބާނާ މަސްކޮޅު ކިރަން، އައިން ދޫކޮށްލާފައި، ޖާގަ ކުޑަ މަސްފެކްޓަރީ ބޭރުގައި ކިޔު ހަދައިގެން ތިބެންޖެހުން ނިމުމަކަށް" ނާންނާތީއާއި ރާއްޖޭގެ ރަށްތަކާއި ދުރަށް ދުއްވައިގެން ޢާއްމުކޮށް މަސްވެރިކަން ކުރެވޭ ސަރަޙައްދުތަކުގައި އޯފްޝޯ ފިޝަރީޒް ޕްލެޓްފޯމް ޤާއިމް ނުކުރުމާއި ތެލާއި އައިސް ފަދަ ތަކެތި ހޯދުމަށްޓަކައި މާދުރަށް ދުއްވަން ޖެހޭތީވެ، މަސްވެރިންގެ ޝަކުވާތައް އިންތިހާއަށް ބޮޑުވެފައިވާތީއާއި، މަސްވެރިކަމާގުޅޭ ސަރުކާރުގެ ވަޢުދުތައް ނުފުއްދައި، މަސްވެރިކަން ކުރިއެރުވުމުގެ ޒިންމާ މިނިސްޓަރ އޮފް ފިޝަރީޒް މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދު އަދާ ނުކުރެވޭތީއާއި އެކަމަނާ އެ މަޤާމުގައި ހުންނެވުމަކީ ދިވެހި މަސްވެރިންނާއި މަސްވެރި ޢާއިލާތައް އިތުރަށް ނިކަމެތި ވެގެންދާނެ ކަމަކަށްވާތީ ކަމުގައި ބުނެފައިވެއެވެ.

މިނިސްޓަރ ޒަހާގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅުން މަޖިލީހަށް ވައްދާފައިވާއިރު ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން ވަނީ މިނިސްޓަރ ޒަހާއަކީ މަޤާމަށް އެކަށީގެންވާ ބޭފުޅުން ނޫންކަމަށް ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.