އަރުޝަދުގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފި

އަރުޝަދުގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފި

Author
މުޙައްމަދު ޝަޒައިމް
10 މާރޗް 2021 03:37
0

ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި 9 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ގދ.ހޯނޑެއްދޫ، އަލޯރާ އަރުޝަދު ޚާލިދުގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ހައިކޯޓުން އަމުރުކޮށްފިއެވެ.

ޕީޖީ އޮފީހުން ވިދާޅުވީ ގދ. ހޯނޑެއްދޫ، އަލޯރާ، އަރުޝަދު ޚާލިދު 30 ޖަނަވަރީ 2020 ދުވަހު އިތުރު ބަޔަކާ ބައިވެރިވެގެން ދިވެހިރާއްޖެއަށް ގިނަ ޢަދަދެއްގެ މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ޓްރެފިކްކުރި މައްސަލާގައި އަރުޝަދު ޚާލިދުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާއާ ގުޅިގެން އަރުޝަދު ޚާލިދު ޝަރީޢަތް ނިމެންދެން ބަންދުގައި ހުއްޓައި، ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން މީނާ ބަންދުން ދޫކޮށްލުމަން ނިންމެވުމާ ގުޅިގެން އެ ނިންމުން މި އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، މިއަދު ދިވެހިރާއްޖޭގެ ހައިކޯޓުން ވަނީ އަރުޝަރު ޚާލިދު ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް އަމުރުކުރައްވާފައިވާކަމަށެވެ.

ފުލުހުން މަޢުލޫމާތު ދެއްވާގޮތުގައި މިމައްސަލައިގަ ވަނީ 9 ކިލޯއަށްވުރެ ގިނަ ހެރޮއިންއާއި 4 ގްރާމް އަށް ވުރެ ގިނަ ކޮކެއިން އަތުލައިގެންފައެވެ. މިމައްސަލައިގަ ގާތްގަޑަކަށް 4.6 މިލިއަން ރުފިޔާގެ ފައިސާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.