މާލޭގެ އުތުރު ފަރާތު ބަނދަރުގެ ކަނޑިންމަ ފައިކަށިމަތީ، ފޮށިގަނޑުތަކެއް އަޅައިގެން ތިބި ބައެއްގެ ފޮޓޯ އިން ފެންނަނީ މަސްތުވާތަކެތީގެ އަޅުވެތިކަމަށް ރާއްޖެ ގެނބިފައިވާ މިންވަރު ކަމަށް ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަދި އައްޑޫ މޭޔަޔަރުކަމަށް ވާދަކުރައްވާ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
މާލޭގެ އުތުރު ފަރާތު ބަނދަރުގެ ކަނޑިންމަ ފައިކަށިމަތީ، ނިދަން 4 މީހަކު އޮތް އިރު އެމީހުން ކައިރީ ބައެއް ފޮށިތަކާއި ކޮތަޅުތައް ހުއްޓެވެ. އެ މީހުން ނިދަން ތިބި ފޮޓޯ އެންމެ ފުރަތަމަ އާންމުކޮށްފައިވަނީ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު ފިރާޤެވެ. ފިރާޤު ވަނީ އެގޮތަށް އުޅޭ މީހުންނަށް ވަގުތީގޮތުން ހިޔާވަހިކަމެއް ދިނުން މުހިންމުކަމަށް ވިދާޅުވެފައެވެ. އެ ފޮޓޯތަށް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު އެކި މީހުން އެކި ވާހަކަތައް އެ ފޮޓީޯތަކުގައި ތިބި މީހުންނާއި ގުޅުވާ އަންނަނީ ދައްކަމުންނެވެ.
އެފޮޓޯތަކަށް އިޝާރާތްކުރައްވާ ނިޒާރު ވިދާޅުވީ، ފޮޓޯއިން ފެންނަނީ މަސްތުވާތަކެތީގެ އަލުވެތިކަމަށް ރާއްޖެ ގެނބިފައިވާ މަންޒަރުކަމަށާއި، އެއީ ހަލާކުވެ ނެތިދާ ޖީލެއްގެ އަސަރުކަމަށެވެ.
ފޮޮޓޯއިން ފެންނަނީ އެންމެ ބޭފުޅުން ދައްކަވަން ތި އުޅުއްވާ މަންޒަރެއް ނޫނެވެ. އަދި ކުއްވެރިވާނީ ތިޔަ ތަނުގައި އޮތް ފަރާތެއްވެސް ނޫނެވެ. ފޮޓޯއިން ފެންނަނީ މަސްތުވާތަކެތީގެ އަޅުވެތިކަމަށް ރާއްޖެ ގެނބިފައިވާ މިންވަރެވެ. ހާލާކުވެ ނެތިދާ ޖީލެއްގެ އަސަރެވެ.
– ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޒާރު
Photo in fennanee emme beyfulhun dhakkavan thi ulhuvvaa manzarei nooneve. Adhi kuvveri vanee thiya hithuga oi faraathei ves nooneve. Photo in fennanee masthuvaa thaketheege alhuvethi kamah raaje genbifavaa min vareve. Haalaakuve nethidhaa jeelegge asareve. pic.twitter.com/ge8bDUwqgH
— Ali Nizar (@DhekunuNizar) March 10, 2021
ނިޒާރު މިހެން ވިދާޅުވެފައިވާއިރު، މާލޭގެ އުތުރު ފަރާތު ބަނދަރުގެ ކަނޑިންމަ ފައިކަށިމަތީ، ފޮށިގަނޑުތަކެއް އަޅައިގެން ތިބި ބައެއްގެ ފޮޓޯ އަކީ ފޭކެއް ކަމަށް ދޭހަވާ ގޮތަށް، މާލޭގެ މޭޔަރު ޝިފާ މުހައްމަދު ޓްވީޓްކުރެއްވުމުން ގިނަ ބަޔަކު އެކަމަށް ފާޑުކިޔުން އެކަމަނާއަށް ވަނީ އަމާޒުވެފައެވެ. ސިފާގެ ވާހަތަކާއި ގުޅިގެން ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވީ އިތުރު ގެއްލުން ދިނުމުގެ ކުރިން ޝިފާގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަކީ ދެން ތިއްބެވި ކައުންސިލަރުންގެ މައްޗަށް މިހާރު ޒިންމާއެއް ކަމަށެވެ. މިއީ ލަދުގަންނަން ޖެހޭ ކަމެއް ކަމަށް ވިދާޅުވެ އުޝާމްވަނީ ސިފާ އަމިއްލަ ފުޅަށް އިސްތިއުފާ ދެއްވުމަށް ގޮވާލާފައެވެ.
ކޮމެންޓު ފޮނުވާ