މާމެންދޫ ވާރޭފެނުގެ ނިޒާމު ފެނަކައާއި ހަވާލުކޮށްފި

މާމެންދޫ ވާރޭފެނުގެ ނިޒާމު ފެނަކައާއި ހަވާލުކޮށްފި

Author
މުޙައްމަދު ޝަޒައިމް
10 މާރޗް 2021 11:13
0

ގއ.މާމެންދޫގައި ޤާއިމްކޮށްފައިވާ ވާރޭފެނުގެ ނިޒާމު ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފިއެވެ.

މާމެންދޫގައި ޤާއިމްކޮށްފައިވާ ވާރޭފެނުގެ ނިޒާމު ފެނަކަ ކޯޕަރޭޝަނާއި ހަވާލު ކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ހުސެއިން ވިދާޅުވީ މިމަޝްރޫޢުއަކީ ސަރުކާރުން މުޅި ރާއްޖޭގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމްކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން ރޭވި ކުރިއަށް ގޮސްފައިވާ މަޝްރޫޢެއްކަމަށެވެ. އަދި މަޝްރޫޢުގެ މަސައްކަތް ކުރެވިފައިވާ ގޮތަށްބަލާއިރު، ނަރުދަމާގެ މަސައްކަތް ކުރާއިރުވެސް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މި ޕްރޮޖެކްޓަކީ ގްރީން ކްލައިމެޓް ފަންޑާއި، ޔޫއެންޑީޕީއާއި ދިވެހި ސަރުކާރުގެ ބައިވެރިވުމާއިއެކު ކުރިއަށްގެންދެވިފައިވާ މަޝްރޫޢުއެއްކަމަށެވެ. މި މަޝްރޫއަށް 4.9 މިލިޔަން ރުފިޔާ ޚަރަދު ކުރެވިފައިވަކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މާމެންދޫގައި މިދިޔަ އަހަރު މަސައްކަތް ނިމިފައިވާ ވާރޭފެނުގެ ނިޒާމު ފެނަކައާއި ހަވާލުކޮށްފައިވަނީ އެކަމަށްޓަކައި މިއަދު މާމެންދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ. މިރަސްމިއްޔާތުގައި އެންވާރުމަންޓް މިނިސްޓަރ ޑރ.ހުސެއިން ރަޝީދު ހަސަންއައި، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަ އަހުމަދު ސައީދާއި، އެދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ބައިވެރިވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.