މެމްބަރުން ހޭލާ ތިއްބަވައިގެންވެސް ކޮމިޓީތަކުން ބިލްތައް ނިންމުމަށް އެދިވަޑައިގެންފި

މެމްބަރުން ހޭލާ ތިއްބަވައިގެންވެސް ކޮމިޓީތަކުން ބިލްތައް ނިންމުމަށް އެދިވަޑައިގެންފި

Author
މުޙައްމަދު ޖިމީ
10 މާރޗް 2021 09:22
0

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގައި ހުރި ބިލްތައް މެންބަރުން ހޭލާ ތިއްބަވައިގެންވެސް އަވަހަށް ނިންމުމަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ކޮމިޓީތަކުގައި އެދިވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވަމުން ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، ކޮމިޓީތަކުގައި ހުރި ބިލްތައް ނިންމުމުގެ ސުންގަނޑި ފަސްކުރަމުންދާއިރު ދެން އެ ބިލްތައް ފަސްކުރުމަށް ބޭނުންފުޅު ނުވާކަމަށެވެ. ރައިސް ނަޝީދު ވަނީ ފަސް ބިލެއް ވިހާވެސް އަވަހަށް ކޮމިޓީތަކުން ނިންމައިދެއްވުމަށް އެދިވަޑައިގެންފައެވެ. އެގޮތުން މެންބަރުން ހޭލާ ތިއްބަވައިގެން ވިޔަސް ބިނާވެށި ޕްލޭންކުރުމުގެ ބިލާއި، ތަފާސް ހިސާބުގެ ބިލާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނަށް އިޞްލާހު ގެނައުމުގެ ބިލާއި، މަތީ ތަޢުލީމްގެ ބިލްގެ އިތުރުން މަދަނީ އިޖްރާޢަތުގެ ބިލުގެ މަސައްކަތް އަވަހަށް ނިންމައިދެއްވުމަށް ރައީސް ނަޝީދު އެދިވަޑައިގަތެވެ.

ރައްޔިތުންގެ މަޖިލީހުގެ މި ދައުރު ފެށުނުފަހުން މަޖިލީހުގައި ބިލްތަކުގެ މަސައްކަތެއް ކުރިއަކަށް ނުދެއެވެ. ކޮންމެ ދުވަހަކުވެސް ކުރިއަށް ގެންދަނީ މަޖިލީހަށް ހުށައެޅެ ގަރާރުތަކާއު ކުއްލި މައްސަލަތަކުގެ މަސައްކަތެވެ.

އެހެންކަމުން މަޖިލީހުގައި މަސައްކަތް ކުރިއަށް ގެންދާނެ ބިލެއް ނެތުމުން ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވާފައިވަނިކޮށް ރައީސް އޮފީހުން މިހާރު ވަނީ ފަސް ބިލެއް މަޖިލީހަށް ފޮނުވާފައެވެ. ނަމަވެސް އަދި އެ ބިލްތަކެއް ތަޢާވަލުކޮށްފައެއްނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.