ޖިންސީ ގޯނާގެ ބޮޑެތި ތުހުމަތުތަކެއްކޮށް، ދައުވާ އުފުލާފައިވާ ކުރީގެ ޓުވަރިޒަމް މިނިސްޓަރ އަލީ ވަހީދުގެ މައްސަލާގައި އަވަސް ހައްލެއް ހޯދައި ދިނުމަށް އޭނާ ނިސްބަތްވާ ތޮއްޑޫ ދާއިރާގެ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އަރިހުން އެދިވަޑައިގެންފިއެވެ.
ކައުންސިލް އިންތިޚާބުގެ ކެމްޕެއިންގައި ތޮއްޑޫ ދާއިރާއަށް ކުރިމަތިލައްވާ ކެންޑިޑޭޓުންނާއިއެކު ރޭ ބޭއްވި "ރަށްވެހި ފަތިސް" ޕްރޮގުރާމުގައި ތޮއްޑޫ ކައުންސިލް ވަނީ އަލީ ވަހީދުގެ މައްސަލާގައި ރަނގަޅު ހައްލެއް އަވަސް ގޮތަކަށް ހޯދައި ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅުއްވާފައެވެ.
ކުރީގެ ޓްއަރިސަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލައަށްވެސް އަވަސް ރަނގަޅު ހައްލެއް ލިބިގެންދިޔުން އެއީ އަޅުގަނޑު ވަރަށް ބޮޑަށް އެދޭ ކަމެއް.
– ތޮއްޑޫ ކައުންސިލް
ތޮއްޑޫ ކައުންސިލުން މިކަމަށް އެދުނު ނަމަވެސް މިމައްސަލާގައި ރައީސުލްޖުމްހޫރިއްޔާ އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވެއެވެ. ނަމަވެސް އެދާއިރާގެ ހުރި މައްސަލަތަކާއި، ސަރުކާރުން ތޮއްޑޫ ދާއިރާއަށް ކޮށްދެއްވަން ބޭނުންވާ ކަންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ހިއްސާ ކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ މިމައްސަލާގައި އެއްޗެއް ވިދާޅުވެފައި ނުވަނީ މިމައްސަލައަކީ ޝަރުޢީ މަރުހަލާގައި އޮތް މައްސަލައެއްކަމަށް ވާތީ ކަމަށް ބެލެވެއެވެ. އަދި މިމައްސަލައަކީ މިހާރުވެސް ދައުލަތުގެ ކަމާއި ގުޅުންހުރި އިދާރާތަކުން ބަލަމުންދާ މައްސަލައެކެވެ.
މަގާމުން އިސްތިއުފާ ނުދިނުމުން ރައީސް އަލީ ވަހީދު މަގާމުން ދުރުކޮށްފައިވަނީ 2020 ވަނަ އަހަރުގެ ޖުލައި 9 ވަނަ ދުވަހު އެވެ. އެ މައްސަލައިގައި އަލީ ވަހީދު ދިރިއުޅޭ ގެ ބަލާއި ފާސްކޮށް ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ. އަދި މިހާރު އަލީ ވަހީދު ވަނީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެންފައެވެ.
ޢަލީ ވަޙީދުގެ މައްޗަށް ކުރާ ޖިންސީ ފުރައްސާރައިގެ މައްސަލައިގައި އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައި އޮތުމަށްފަހު، އަމުރު މުރާޖައާ ކުރަން ބޭއްވި ޝަރީއަތުގެ އަޑު އެހުމުގައި އަލީ ވަހީދުގެ ފަރާތުންވަނީ އޭނާގެ ސިއްހީ ހާލަތު ބަޔާން ކޮށްދިނުމަށް ޑޮކްޓަރަކު ހާޒިރުކޮށްފައެވެ. ޑޮކްޓަރުވަނީ ޢަލީ ވަޙީދުގެ މައިބަދައިގެ ޑިސްކުތަކެއް ގުޑާފައިވާކަމަށް ވިދާޅުވެފައެވެ. ޢަލީ ވަހީދުގެ މައިބަދައިގެ ޑިސްކުތަކެއް ގުޑާފައިވާތީ ރާއްޖެއިން ބޭރުން ބޭސްފަރުވާ ހޯދަންޖެހޭކަމަށް ވިދާޅުވެ ޑރ.ޔޫސުފް ޝާން ދެއްވި ހެކިބަހުގެ މައްޗަށް ރިޢާޔަތްކުރައްވާ އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމަށް ނެރުނު ޢަމުރު ޝަރީޢަތުން ވަނީ ބާޠިލްކޮށްފައެވެ.
ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އަލީ ވަހީދުގެ މައްޗަށް 7 ދައުވާއެއް ވަނީ އުފުލާފައެވެ. އަދި އެ މައްސަލަތަކުގެ އަޑުއެހުންތައްވެސް ވަނީ ފަށާފައެވެ. ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައިވެސް އަމިއްލަ ފުޅަށް އަރުވާލެވިގެން އިނގިރޭސިވިލާތުގައި ޢަލީ ވަޙީދު ހުންނެވިއެވެ.
ކޮމެންޓު ފޮނުވާ