މަގުމަތީގައި ނިދާފައި ތިބިމީހުންނަށް ސިފާ ޖޯކު ޖެހިކަމަށްބުނެ، އިސްތިއުފާގެ އަޑު ގަދަވެއްޖެ

މަގުމަތީގައި ނިދާފައި ތިބިމީހުންނަށް ސިފާ ޖޯކު ޖެހިކަމަށްބުނެ، އިސްތިއުފާގެ އަޑު ގަދަވެއްޖެ

Author
މުޙައްމަދު ޝަޒައިމް
09 މާރޗް 2021 10:46
0

މާލޭގެ އުތުރު ފަރާތު ބަނދަރުގެ ކަނޑިންމަ ފައިކަށިމަތީ، ފޮށިގަނޑުތަކެއް އަޅައިގެން ތިބި ބައެއްގެ ފޮޓޯ އަކީ ފޭކެއް ކަމަށް ދޭހަވާ ގޮތަށް، މާލޭގެ މޭޔަރު ޝިފާ މުހައްމަދު ޓްވީޓްކުރެއްވުމުން ގިނަ ބަޔަކު އެކަމަށް ފާޑުކިޔަން ފަށައިފިއެވެ.

ސިފާގެ ޓިވީޓުގައި ވިދާޅުވީ މާގިނަ ސާމާނުތައް ހިފައިގެން ގޮސް ނިދާފައި ތިބީމައި މާ އޯވާ އެބަ ވާކަމަށެވެ. އެ ސަރަހައްދުގައި ނިދަން 4 މީހަކު އޮތް އިރު އެމީހުން ކައިރީ ބައެއް ފޮށިތަކާއި ކޮތަޅުތައް ހުއްޓެވެ. އެ މީހުން ނިދަން ތިބި ފޮޓޯ އެންމެ ފުރަތަމަ އާންމުކޮށްފައިވަނީ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު ފިރާޤެވެ. ފިރާޤު ވަނީ އެގޮތަށް އުޅޭ މީހުންނަށް ވަގުތީގޮތުން ހިޔާވަހިކަމެއް ދިނުން މުހިންމުކަމަށް ވިދާޅުވެފައެވެ.

ޝިފާ ޓެގްކޮށް، މީހަކު ސޯޝަލް މީޑިއާއަށް ދޫކޮށްލި ފޮޓޯތަކުގައި ފެންނަނީ ހަތަރު ޒުވާނަކު ނިދާފައި ތިއްބައެވެ. ގެންގުޅޭ ސާމާނުތަކާ އެކު އެ މީހުން، ނިދާފައި ތިބި މި ފޮޓޯތައް ގިނަ މީހުން ސިފަކުރީ، ބޯހިޔާވަހިކަން ނެތި ގިނަ ދިވެހިން، ބިކަވެފައިވާ ކަމުގެ "ބޮޑު މަންޒަރު" ފެންނަ ފޮޓޯތަކެއްގެ ގޮތުގައެވެ.

ސިފާގެ ވާހަތަކާއި ގުޅިގެން ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވީ އިތުރު ގެއްލުން ދިނުމުގެ ކުރިން ޝިފާގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަކީ ދެން ތިއްބެވި ކައުންސިލަރުންގެ މައްޗަށް މިހާރު ޒިންމާއެއް ކަމަށެވެ. މިއީ ލަދުގަންނަން ޖެހޭ ކަމެއް ކަމަށް ވިދާޅުވެ އުޝާމްވަނީ ސިފާ އަމިއްލަ ފުޅަށް އިސްތިއުފާ ދެއްވުމަށް ގޮވާލާފައެވެ.

ބޯހިޔާވަހިކަން ނުލިބި މިމައްސަލަ ބޮޑުވެފައިވާ މިދަނޑިވަޅުގައި މާލޭގައި ގިނަ ބަޔަކު ދަނީ ބޯހިޔާ ވަހިކަމާއި ދެކޮޅަށް މުޒާހަރާވެސް ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

A Ahmed
Varah kinbiruveri bodaa kamabaleh.