ތިމަރަފުށީ ދާއިރާގެ، ދރަށް ކަމުގައިވާ ތިމަރަފުއްޓާއި، ވޭމަންޑޫ ސްކޫލުގައި ދިމާވެފައިވާ ދަތިތައް ވަރަށް އަވަހަށް ހައްލު ކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެޑިއުކޭޝަން މިނިސްޓަރ ޢާއިޝާތު އަލީ ދެއްވައިފިއެވެ.
ތިމަރަފުށީ ދާއިރާގެ މެމްބަރު އެދާއިރާގެ ސްކޫލުތަކަށް ދިމާވެފައިވާ ދަތިތަކާއި ގުޅޭގޮތުން މިއަދު ވަނީ އެޑިއުކޭޝަން މިނިސްޓަރާއި ބައްދަލު ކުރައްވައި ހުރި މައްސަލަތައް ހިއްސާ ކުރައްވާފައެވެ. އެގޮތުން ދެރަށު ސްކޫލުގައިވެސް މަދުވާ ޓީޗަރުންގެ މައްސަލާގައި މިނިސްޓަރާއި ހިއްސާ ކުރެއްވުމުން އެކަމަށް ވަރަށް އަވަހަށް ހައްލެއް ހޯދައި ދެއްވާނެކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
މިބައްދަލުވުމުގައި ތިމަރަފުށީ ދާިއރާޣެ ދެރަށުގައި އެޑިއުކޭޝަން މިނިސްޓްރީގެ ޕީއެސްއައިޕީ ޕްރޮޖެކްޓުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްސީލްވެސް މިނިސްޓަރ ވަނީ މެމްބަރާއި ހިއްސާ ކުރައްވާފައެވެ.
ތިމަރަފުށި އަދި ވޭމަންޑޫ ސްކޫލްގަ ހުރި ދަތިތަކުގެ ވާހަކަ އެޑިޔުކޭސަން މިނިސްޓަރ އާއި މިއަދު ހިއްސާކޮށްފިން. PSIP ޕްރޮޖެކްޓް ތަށް ކުރިޔަށް ދާނެކަމަށާއި މަދުވާ ޓީޗަރުންގެ ކަންތައް ވަރަށް އަވަހަށް ހައްލުކޮށްދެއްވާނެ ކަމަށް މިނިސްޓަރ ވިދާޅުވި.
– އަބްދުﷲ ރިޔާޒު ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.
ތިމަރަފުށި އަދި ވޭމަންޑޫ ސްކޫލްގަ ހުރި ދަތިތަކުގެ ވާހަކަ އެޑިޔުކޭސަން މިނިސްޓަރ އާއި މިއަދު ހިއްސާކޮށްފިން. PSIP ޕްރޮޖެކްޓް ތަށް ކުރިޔަށް ދާނެކަމަށާއި މަދުވާ ޓީޗަރުންގެ ކަންތައް ވަރަށް އަވަހަށް ހައްލުކޮށްދެއްވާނެ ކަމަށް މިނިސްޓަރ ވިދާޅުވި. @aisthly @MoEdumv pic.twitter.com/GFRETJ9kUO
— Abdulla Riyaz MP (@riyazabdulla) March 9, 2021
ކޯވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދުގައި ސްކޫލުތަކުގައި ކިޔެވުމަށް ގިނަ ގޮންޖެހުންތަކެއް ހުރި ނަމަވެސް އަތޮޅު ތެރޭގެ ރަށްތަކުގެ ތެރެއިން މޮނޮޓަރިންގެ ހާލަތުގައި ނެތް ހުރިހާ ރަށެއްގައި ސްކޫލުތަކުގައި ދަނީ ކިޔަވައި ދެނުންނެވެ. ރާއްޖޭގެ ސްކޫލުތަކަށް ދިމާވާ މައްސަކަތައް ހައްލު ކޮށް ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
ކޮމެންޓު ފޮނުވާ