2014ގެ އެޗްްްރުސީއެމް މެމްބަރުންގެ ސުމޯޓޯ މައްސަލަ، ބައިނަލް އަޤުވާމީ މުއާހަދާއާއި ޚިލާފް

2014ގެ އެޗްްްރުސީއެމް މެމްބަރުންގެ ސުމޯޓޯ މައްސަލަ، ބައިނަލް އަޤުވާމީ މުއާހަދާއާއި ޚިލާފް

Author
މުޙައްމަދު ޝަޒައިމް
09 މާރޗް 2021 06:20
0

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެޗް.އާރ.ސީ.އެމްގެ މެމްބަރުންގެ މައްޗަށް 2014 ގައި ހިންގި ސުއޯ މޯޓޫ މައްސަލަ މަދަނީ އަދި ސިޔާސީ ޙައްގުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާއާ ޚިލާފުކަމަށް ކަނޑައެޅައިފިއެވެ.

އެޗްއާރުސީއެމްގެ މެމްބަރުންގެ ސުމޯޓޯ މައްސަލައެެއް 2014 ވަނަ އަހަރު ސުޕްރީމް ކޯޓުން ބެލުމަށް ނިންމާފައި ވަނީ އިންސާނީ ހައްގުތަކާ ގުޅޭ ގޮތުން އެޗްއާރުސީއެމުން ތައްޔާރުކޮށް އދ. ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހަޅާފައިވާ "ޔުނިވާސަލް ޕީރިއޮޑިކް ރިވިއު(ޔޫޕީއާރު) ރިޕޯޓުގައި ސުޕްރީމް ކޯޓުން ޝަރުއީ ދާއިރާ ކޮންޓްރޯލްކޮށް ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެފައިވުމާ ގުޅިގެންނެވެ. އަދި އޭގެ ސަބަބުން ދަށު ކޯޓުތަކުގެ ޝަރުއީ ބާރުތައް ހަނިވެ ކޯޓުތަކުގެ ބާރު ކެނޑިފައިވާ ކަމަށް އެ ރިޕޯޓްގައި ވަނީ ބުނެފައެވެ.

މީގެ 6 އަހަރު ކުރިން ސްޕްރީމް ކޯޓުން ބެލި މިމައްސަލަ އ.ދ.ގެ ހިއުމަން ރައިޓްސް ކޮމިޓީއަށް ހުށަހަޅުއްވާފައިވަނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗް.އާރް.ސީ.އެމް)ގެ ކުރީގެ މެންބަރުން ކަމުގައިވާ އަޙްމަދު ޠަލާލް އާއި ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މިހާރުގެ މެމްބަރު ޖީޙާން މަޙްމޫދުވެ. މައްސަލައިގައި، 2 ނޮވެންބަރު 2020 ގައި އެ ކޮމިޓީއިން ވަނީ ގޮތް ނިންމަވައި، އަދި ކޮމިޓީގެ ވިއުސް 19 ފެބުރުވަރީ 2021 ގައި ރަސްމީކޮށް ދިވެހި ސަރުކާރާ ޙިއްސާކުރައްވާފައިވާކަމަށް އެޓާނީ ޖެނެރަލް އޮފީހުން ވަނީ ވިދާޅުވެފައެވެ.

އެގޮތުން، 25 ސެޕްޓެންބަރު 2016 ގައި ހިއުމަން ރައިޓްސް ކޮމިޓީއަށް ހުށަހެޅުއްވި މައްސަލާގައި، ސުޕްރީމް ކޯޓުން 2014 ގައި އެޗް.އާރް.ސީ.އެމްއާ ދެކޮޅަށް އޭރު ހިންގާފައިވާ މައްސަލައާއި، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ދިވެހިރާއްޖޭގެ ޔުނިވަރސަލް ޕީރިއޮޑިކް ރިވިއުގެ ދެވަނަ ސައިކަލްއަށް ހުށަހެޅި ރިޕޯޓަކީ ޤާނޫނާ ޚިލާފު، ވަކި ކޮޅަކަށް ބުރަވެފައިވާ އަދި ޢަދުލު އިންސާފުގެ ނިޒާމުގެ މިނިވަންކަން ގެއްލޭ ރިޕޯޓެއްކަމަށް ނިންމުމާއި، އެޗް.އާރް.ސީ.އެމްގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތާއި އ.ދ. އަށް މަޢުލޫމާތު ހިއްސާކުރުމުގައި އެ ކޮމިޝަނުގެ ދައުރު ހަނިވެގެންދާގޮތަށް ޢަމަލުކުރަންޖެހޭ ވަކި ގައިޑްލައިންއެއް ކަނޑައެޅުއްވުމުގެ ސަބަބުން އެ ކޮމިޝަނުގެ މެންބަރުންނަށް މަދަނީ އަދި ސިޔާސީ ޙައްގުތަކާބެހޭ ކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާ ގެ 19 ވަނަ މާއްދާއިން ލިބިދޭ ޙައްޤަށް އުނިކަން އައިސްފައިވާ ކަމަށް އެ މައްސަލާގައި ފާހަގަކޮށްފައިވެއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން 2014 ގައި ހިންގި ސުއޯ މޯޓޫ މައްސަލައަށްފަހު ނެރުއްވާފައިވާ ގައިޑްލައިންގެ ނަތީޖާއަކީ ސަރުކާރުގެ ނުވަތަ އަމިއްލަ ފަރާތަކާ ގުޅޭ ގޮތުން ކޮމިޝަނުގެ ކަންބޮޑުވުންތައް ފާޅުކުރުމަށް ހުރަސްއެޅިގެން ދިޔުންކަމަށް ހިއުމަން ރައިޓްސް ކޮމިޓީއިން ވަނީ ކަނޑައަޅުއްވާފައެވެ. އެގޮތުން ދައުލަތުގެ މުއައްސަސާތަކުން ކުރާ ކަންތައްތަކާއި ޢާންމު މަޞްލަޙަތު ހިމެނޭ ކަންކަމުގައި ކޮމިޝަނުން މިނިވަންކަމާއެކު ޚިޔާލު ފާޅުކުރުމަށް ހުރަސްއެޅިފައިވާކަން އެ ކޮމިޓީއިން ވަނީ ފާހަގަކުރައްވާފައެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން 2014 ވަނަ އަހަރު ހިންގާފައިވާ ސުއޯ މޯޓޫ މައްސަލައަށް ބެލުމަށްފަހު، އެ ކޮމިޓީން ކަނޑައަޅުއްވާފައި ވަނީ އެޗް.އާރް.ސީ.އެމްއަށް ކޯޓުން ކުރައްވާފައިވާ ތުހުމަތުތަކާއި ފާހަގަކުރައްވާފައިވާ ކަންކަމާއި ނެރުއްވާފައިވާ ގައިޑްލައިނަކީ ޝަކުވާ ހުށަހަޅާފައިވާ ފަރާތް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤު ގައިދުކުރުން" ކަމަށެވެ. އެއީ މަދަނީ އަދި ސިޔާސީ ޙައްގުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާގެ 19 ވަނަ މާއްދާގެ ތަރަހައިގެ ތެރެއިން ކަނޑައެޅޭ ވަކި މުހިންމު މަޤްޞަދެއް ޙާސިލްކުރުމަށް ގައިދުކޮށްފައިވާ ގައިދުކުރުމެއް ކަމަށް ނުބެލެވޭނެކަމަށް ހިއުމަން ރައިޓްސް ކޮމިޓީއިން ވަނީ ކަނޑައަޅުއްވާފައެވެ. އަދި، މުސްތަޤްބަލުގައި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަކީ، ދައުލަތުން ކުރަންޖެހޭނެ ކަމެއް ކަމަށް ވެސް ވަނީ ނިންމަވާފައެވެ.

އެޗް.އާރްސީ.އެމްގެ މައްޗަށް ސުޕްރީމް ކޯޓުން ނެރުނު ގައިޑްލައިންގެ ޤާނޫނީ ބާރު ނިމުމަކަށް ގެނައުމަށް ހިއުމަން ރައިޓްސް ކޮމިޝަންގެ ޤާނޫނަށް ދެވަނަ އިޞްލާޙު ގެނައުމުގެ ބިލު ސަރުކާރުން މަޖިލީހަށް ހުށަހެޅީ 2019 ވަނަ އަހަރުއެވެ. މަޖިލީހުން އެ އިޞްލާޙް ފާސްކޮށް، 22 ސެޕްޓެންބަރު 2020ގައި ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރެއްވުމުން ކުރިން ބުނެފައިވާ ގައިޑްލައިންގެ ޤާނޫނީ ބާރު ވަނީ ނިމުމަކަށް އައިސްފައެވެ. އަދި ޤާނޫނަށް ގެނެވުނު އިޞްލާޙުގެ ސަބަބުން، ޤާނޫނުއަސާސީން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށް މަތިކޮށްފައިވާ އެންމެހާ ޒިންމާތައް މިނިވަންކަމާއެކު އަދާކުރުމުގެ ފުރިހަމަ ފުރުޞަތު ފަހިވެގެންދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.