މުދާގަންނަ ފަރާތްތަކާ ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނު ގެ ދަށުން ރާއްޖޭގައި ވިއްކާ ކާޑުގެ ބާވަތްތަކުގެ އަގު ކޮންޓްރޯލްކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނެފައިވަނީ މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނު 28 ފެބްރުއަރީ 2021 ގައި އުވި، މުދާ ގަންނަ ފަރާތްތަކާ ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނަށް ޢަމަލުކުރަން ފަށާފައިވާތީ، އެޤާނޫނުގެ 65 ވަނަ މާއްދާގެ (ހ) ގެ ދަށުން، ތިން ބާވަތެއްގެ ކާޑުގެ ބާވަތްތައް ރީޓެއިލްކޮށް ވިއްކޭނެ އެންމެ މަތީ އަގު ކޮންޓްރޯލް ކޮށްފައިވާކަމަށެވެ.

އެހެންނަމަވެސް، ރާއްޖޭގެ ތަފާތު ސަރަހައްދުތަކުގައި ކާޑުގެ ބާވަތްތައް ވިއްކުމަށް ޚަރަދުގެ ގޮތުގައި (ނާލާއި، މަޖޫރީ އަދި ފައިދާ ހިމަނައިގެން) ބަޔާންކުރާ އަގުގެ މައްޗައް ކިލޯއަކަށް ގިނަވެގެން އިތުރުކުރެވޭނެ އަދަދު ވެސް މިނިސްޓްރީން ބަޔާންކޮށްފައި ވެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނެފައިވަނީ ކޮންޓްރޯލް އަގަށްވުރެ ބޮޑުކޮށް މުދަލެއް ވިއްކައިފިނަމަ، އެފަރާތެއް ޤާނޫނު ޤާނޫނު ނަންބަރު 12/2020(މުދާ ގަންނަ ފަރާތްތަކާ ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނު) ގެ 84 ވަނަ މާއްދާގެ ދަށުން ފިޔަވަޅުއެޅޭނެކަމަށެވެ. މިކަމާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންފުޅުވާނަމަ، މިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް އީމެއިލް ކުރެއްވުމަށް ވަނީ ދަންނަވާފައެވެ.
ކޮމެންޓު ފޮނުވާ