ސޯޝަލް މީޑިޔާގައި ދައްކަވަމުން ވާހަތަކާއި، ފާޅު ކުރަމުންދާ ޚިޔާލުތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ވަޒީފާއިން ވަކިކުރި ކަމުގައި ވީނަމަވެސް އަދާލަތު ޕާޓީން މިސަރުކާރުން ވަކި ނުވުމަށް ޑރ.އިޔާޒު އިލްތިމާސް ކުރައްވައިފިއެވެ.
ސޯޝަލް މީޑިޔާގައި ދައްކަވަމުން ވާހަތަކާއި، ފާޅު ކުރަމުންދާ ޚިޔާލުތަކާއި ގުޅިގެން ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފް، ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި އަދާކުރަމުންދާ ވަޒީފާއިން ސަސްޕެންޑް ކޮށްފައިވަނީ މިމަހުގެ 4 ވަނަ ދުވަހުއެވެ. ސަސްޕެންޑް ކުރީ 14 ދުވަހުގެ މުއްދަތަކަށެވެ. ޑރލއިޔާޒު ސަސްޕެންޑް ކުރުމާއި ގުޅިގެން އަދާލަތް ޕާޓީގެ ދީނީ އިލްމުވެރިން ދަނީ އެމަނިކުފާނަށް ހިއްތަވަރު ދެއްވައި ހައްގު ބަސް ބުނުމުގައި ސާބިތުވެ ހުންނެވުމަށް އިލްތިމާސް ކުރައްވާފާއެެވެ.
ޑރ.އިޔާޒު ސަސްޕެންޑު ކުރުމާއި ގުޅިގެން އޭނާ ވިދާޅުވެފައިވަނީ ޚިޔާލު ފާޅުކޮށްގެން ދީނީ މައުލޫމާތު ދީގެން ސަސްޕެންޑް ކުރުމަކީ އެއްވެސް ގޮތަކަށް ބަލައި ގަންނާނެކަމެއް ނޫންކަމަށް ވިދާޅުވެފައެވެ. އަދި މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ އެންމެ މީހެއްގެ މަސްލަހަތަށްޓަކައި މުޅި ދައުލަތަކަށް ގެއްލުންވާނެހެން އަމަލު ކުރެއްވުމަކީ ރަނގަޅު ގޮތެއް ނޫންކަމަށެވެ. އަދި އެމްއެންޔޫއިން އޭނާއާއި ގުޅޭގޮތުން ބަލާ މައްސަލާގައި އޭނާ މަޤާމުން ވަކިކޮށް، އެމްއެންޔޫއިން ކަޑާލިނަމަވެސް ޤައުމުގެ ހައްގުގައި އަދާލަތު ޕާޓީން ސަރުކާރުގައި ދެމި އޮތުމަށް ޑރ.އިޔާޒު ވަނީ އިލްތިމާސް ކުރައްވާފައެވެ.
އެންމެ މީހެއްގެ މަސްލަހަތަށްވުރެ ޤައުމުގެ އަގު ބޮޑު. މީވާ ފަރުދަކާއިމެދު ކުރެވޭ އަނިޔާއަކާއި ހުރެ މުޅި ދައުލަތަށް ގެއްލުން ދިނުމަކީ ކޮށްގެންވާނެ ކަމެއްނޫން. އަޅުގަނޑު އެމްއެންޔޫ އިން ވަކި ކުރި ނަމަވެސް އަދާލަތު ޕާޓީން ސަރުކާރުގައި ދެމި އޮތުމަށް އިލްތިމާސް ކުރަން.
– ޑރ.އިޔާޒު ވިދާޅުވިއެވެ.
ޑރ.އިޔާޒު ސަސްޕެންޑު ކުރުމާއި ގުޅިގެން އަދާލަތު ޕާޓީން މިހާތަނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވެއެވެ. ނަމަވެސް އެޕާޓީގެ ދީނީ ގިނަ އިލްމުވެރިން ތިބީ މިމައްސަލާގައި ޑރއިޔާޒާއިއެކުގައެވެ.
މިމައްސަލާގައި ޑރ.އިޔާޒު ވިދާޅުވެފައިވަނީ ޚިޔާލު ފާޅުކޮށް ހައްގުބަސް ބުމުގައި ކުޑަކޮށްވެސް ފަހަތަށް ނުޖެހޭނެކަމަށެވެ. ހައްގު ބަސް ބުނެގެން އޮތް އަދަބަކީ ހަކުރާގޭގައި އެކޮޅު ކޮޅުން އެލުވާފައި ހަވަރަށް ދިނުން ކަމުގައިވާނަމަ އެކަން ކުރިޔަސް ފަސްޖެހުމެއް ނެތްކަމަށް ޑރ.އިޔާޒު ވިދާޅުވިއެވެ. މިކަންކަމާއި ގުޅިގެން ޑރ.އިޔާޒު ވިދާޅުވެފައިވަނީ ވަކި ބައެއްގެ ނުފޫޒާއިއެކު ވަޒީފާގެ ބިރުދައްކައިގެން ފާޅުކުރަމުންދާ ޚިޔާލުތަކާއި، ދައްކަވާ ވާހަކަތައް ހުއްޓުވާނުލެވޭނެކަމަށެވެ. އަދި ވަޒީފގެ ބިރު ދައްކައިގެން ކުރަމުންދާ މަސައްކަތް ހުއްޓާލާނެކަމަށް ދެކުމަކީ ވަރަށް ދެރަކަމެއްކަމަށް ޑރ.އިޔާޒުވަނީ މީގެ ކުރިންވެސް ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ