ކޮމިޓީއަށް ހާޒިރުކުރާތީ މަލީހު ހިއްސާކުރެއްވީ ޤާނޫނޫ އަސާސީގެ 90 ވަނަ މާއްދާ

ކޮމިޓީއަށް ހާޒިރުކުރާތީ މަލީހު ހިއްސާކުރެއްވީ ޤާނޫނޫ އަސާސީގެ 90 ވަނަ މާއްދާ

Author
މުޙައްމަދު ޝަޒައިމް
09 މާރޗް 2021 01:05
0

ކުރީގެ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހު ޖަމާލު މަޖިލީހުގައި ދެއްކެވި ވާހަތަކާއި ގުޅިގެން މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރު ކުރަން ނިންމުމުން، ޤާނޫނު އަސާސީގެ 90 ވަނަ މާއްދާ ވިދާޅުވުމަށް މަލީހު ދަންނަވައިފިއެވެ.

މަޤާމުން ވަކިކުރުމުގެ ކުރިން މަޖިލީހުގެ ތަޅުމުގައި މައްސަލައަށް ޖަވާބު ދާރީވުމަށް ލިބުނު ފުރުސަތުގައި މަލީހު ވިދާޅުވީ މަޖިލީހުން ސަރުކާރުގެ ބައެއް ވަޒީރުންނަށް ބިރު ދައްކަމުންދާ ކަމަށެވެ. ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް އިސްތިއުފާ ދެއްވީ ވެސް ބިރު ދެއްކުމުން ކަމަށް މަލީހު ވިދާޅުވިއެވެ. އަދި އެދުވަހު ވަގުތު ދެއްވައިފިނަމަ އެކަމުގެ ތަފްސީލް ހާމަކޮށްދެއްވާނެކަމަށްވެސް މަލީހު ވަނީ ވިދާޅުވެފައެވެ.

މަލީހުގެ އެ ތުހުމަތަކީ މަޖިލީހުގެ ކަރާމާތާއިި ގަދަރަށް އުނިކަން ލިބޭ ކަމެއް ކަމަށް ވިދާޅުވެ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިމްތިޔާޒް ކޮމެޓީ އަށް އެ މައްސަލަ ފޮނުއްވައިފައެވެ. މިމައްސަލާގައި މިއަދު ބޭއްވި ކޮމިޓީގައި ނިންމާފައިވަނީ ވީހާވެސް އަވަހަކަށް މަލީހު ކޮމިޓީއަށް ހާޒިރު ކުރުމަށެވެ.

މިކަމާއި ގުޅިގެން މަލީހު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ޤާނޫނު އަސާސީއަށްވެސް ފަރިތަ ނޫން ބޭފުޅުން މަޖިލީހަށް ވެންނެވުމަކީ މިއަދު ހާލަތަށް ދާންޖެހުނު ސަބަބުކަމަށެވެ. އަދި އެދުވަހުވެސް މަޖިލީހުގެ މެމްބަރުންގެ ތައުލީމީ ފެންވަރު ކަނޑައަޅަންޖެހޭކަމަށް ވިދާޅުވީ މި ސަބަބު ތަަކަށްޓަކައިކަމަށް މަލީހު ވިދާޅުވިއެވެ.

ޤާނޫނު އަސާސީީ ވެސް ރޯޔަލް ފެކްޝަނަށް ކިޔައިދޭން މި ޖެހުނީ. އެހެންވީމަ މަޖިލިސް މެމްބަރުންގެ ތައުލީމީ ފެންވަރު ކަނޑައަޅަންވީ. މަޖިލިސް ރައީސް އެޖަލްސާގައި ޤާނޫނު އަސާސީ އާއި ޚިލާފު ވާހަކަ ދެއްކެވި. ކުޑަ ސޯބުތައް ހިނގަންވާނީ އެމަގުން. ޤާނޫނު އަސާސީގެ މާއްދާ 90 ގެ (ހ) އިން ތިޔަބޭފުޅުންނަށް ޖަވާބު ލިބޭނެ.

– މަލީހު ވިދާޅުވިއެވެ.

ޤާނޫނު އަސާސީގެ 90 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ  ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި، ނުވަތަ އެމަޖިލީހުގެ ކޮމިޓީއެއްގައި މަޖިލީހުގެ މެންބަރަކު ނުވަތަ އެނޫންވެސް މީހަކު އިސްލާމްދީނުގެ އަޞްލަކާ ޚިލާފުނުވާ ގޮތުގެމަތީން ދެއްކި ވާހަކައެއް ނުވަތަ ހުށަހެޅުމެއްގެ ސަބަބުން ނުވަތަ ވޯޓު ދިނުމުގައި ޢަމަލުކުރި ގޮތެއްގެ ސަބަބުން، ކޯޓަކަށް އެމީހަކު ހާޒިރުކޮށް ނުވަތަ އެމީހަކާމެދު އެއްވެސް ތަޙުޤީޤެއް ހިންގައި ނުވަތަ ހައްޔަރުކޮށް ނުވަތަ ބަންދެއްކޮށް ނުވަތަ އެމީހަކާމެދު ދަޢުވާއެއްކޮށް ހަދައިގެނެއް ނުވާނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.