ނަމާދުގެ ޖަމާއަތް މެދުކަނޑާލަން ވަނީ އެނޫން އެއްވެސް ގޮތެއް ނެތިގެން: ޝައިޚު ޒައިދު

ނަމާދުގެ ޖަމާއަތް މެދުކަނޑާލަން ވަނީ އެނޫން އެއްވެސް ގޮތެއް ނެތިގެން: ޝައިޚު ޒައިދު

ގުޅުންހުރި

ކޯވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދުގައި ބަލި ކޮންޓްލް ނުވެދާތީ ޖަމާއަތުގައި ނަމާދު ކުރުން މެދު ކަނޑާލުމަށް ކުރެވޭ މަސައްކަތުގައި ނަމާދުގެ ޖަމާއަތް މެދު ކަނޑާލަން ވާނީ އެނޫން އެއްވެސް ގޮތެއް ނެތުމުން ކަމުގައި ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޖަމާއަތުގައި ކުރެވޭ ނަމާދު މިހާލަތުގައި މެދު ކަނޑާލުމަށް ދީނީ ޢިލްމުވެރިންނާއި ދެދުވަހެއްގެ މަތީން އިސްލާމިކް މިނިސްޓްރީން ވަނީ މަޝްވަރާ ކޮށްފައެވެ. އިލްމުވެރިން މިކަމުގައި ލަފާދެއްވަނީ ޖަމާއަތުގައި ނަމާދު މެދު ކަނޑާލަންވާނީ އެނޫން އެއްވެސް ގޮތެއްނެތި، މާލެ ސަރަހައްދުގައި މީހުން އެއްވެ ހިންގޭ އެހެން ހުރިހާ ހަރަކާތެއްވެސް ހުއްޓުމަށް ފަހުގައިކަމަށެވެ. އިސްލާމިކް މިނިސްޓްރީން ވަނީ އެންމެ ފުރަމަ މާލެ ސަރަހައްދުގައި ނަމާދު މެދުކަނޑާލިއިރުވެސް ދީނީ އިލްމުވެރިންނާއި ގިނަ މަޝްވަރާތަކެއް ކުރައްވާފައެވެ.

ޖަމައަތުގައި ނަމާދު ކުރުން މެދު ކަނޑާލުމާއި ގުޅޭގޮތުން މިބައްދަވުމުންތަކުގައިވެސް ބައިވެރިވާ ޝައިޚު ޒައިދު ވިދާޅުވީ ޖަމާއަތުގައި ނަމާދުކުރުމަކީ މުސްލިމުންނަށް އޮތް އެންމެ ބޮޑު އުފަލާއި ހިތްހަމަ ޖެހުމަށްވާއިރު އެކަން މެދު ކަނޑާލަންވާނީ މުޖުތަމައުގައި ހުރި އެނޫން އެކި ކަންކަންވެސް އެއްހަމަޔަކުން ފިޔަވަޅު އެޅުމަށް ފަހުގައިކަމަށެވެ. ނަމާދުގެ ޖަމާއަތް މެދު ކަނޑާލުމާއި ހަމައަށް ދާންވާނީ ހުރިހާ ކަމެއް ކުރުމަށްފަހު އެންމެ ފަހުން އެނޫން ގޮތެއް ނެތުމުން ކަމަށް ޝައިޚު ޒައިދު ވިދާޅުވިއެވެ.

ޖަމާއަތުގެ ނަމާދަކީ މުސްލިމުންގެ އެންމެ މުގައްދަސް އަޅުކަމަށްވީއިރު މިވަރުގެ ބޮޑުކަމެއް ހުއްޓާލަން ވާނީ، މުޖުތަމަޢުގެ ހުރިހާ ދިމާލަކުން އެއްހަމަޔަކުން އެއް ތަރާދަކުން ވަރުގަދަ ފިޔަވަޅުތައް އެޅޭނަމަ! އަދި އެނޫން އެއްވެސް ގޮތެއްނެތިގެން!

– ޝައިޚު ޒައިދު ވިދާޅުވިއެވެ.

ޖަމާއަތުގައި ނަމާދު މެދު ކަނޑާލުމުގެ މަޝްވަރާތައް ފަށާފައިވާއިރު، މެދު ކަނޑާލައިފިނަމަ ކުރިއަށް އޮތް ރޯދަމަހުގައިވެސް ޖަމާއަތުގައި ނަމާދު ކުރުމުގެ ބިރުވަނީ ހީވެފައެވެ. ނިމިދިޔަ ރޯދަ މަހުގައިވެސް މާލެ ސަރަހައްދުގައި ޖަމާއަތް މެދު ކަނޑާލައި ލޮކްޑައުންގައި އޮތުމުން ޖަމާއަތުގައި ނަމާދު ކުރުމުގެ ފުރުސަތު ވަނީ މާލެ ސަރަަހައްދުގައި ދިރި އުޅޭ ރައްޔިތުންނަށް ނުލިބިފައެވެ. މިކަމާއި ގުޅޭގޮތުން އިބްރާހިމް ރަމީޒު ބުނެފައިވަނީ މި ރަމަޞާން މަސް ކުރީ ރަމަޞާން މަހުގައި ދިމާވި ގޮތަށް ޖަމާއަތުގައި ނަމާދު ކުރެވޭނެ ދޮރު ބަންދު ނުކުރުމަށް އެންމެން އެކީ މަސައްކަތް ކުރަން ޖެހޭކަމަށެވެ.

މި ރަމަޟާންމަހު މިސްކިތްތައް ބަންދު ނުކުރާނެ ކަމަށް އުންމީދު ކުރަން، ޢާންމުންވެސް މިކަމަށް ވިސްނާ އެޗްޕީއޭ ގެ އެންގުންތަކަށް ޙުރުމަތްތެރިކޮށް ހިއްތަވާ. ސިޔާސީ މީހުންވެސް އެހެން މީހުނަށް މިކަމުގެ ނާޖާއިޒް ފައިދާ ނަގަން ފުރުޞަތު ނުދީ.

– އިބްރާހިމް ރަމީޒު ކޮށްފައިވާ ޓްވީޓުގައި ވެއެވެ.

ކޯވިޑް-19 ގައި މާލެ ސަރަހައްދުން ޕޮޒިޓިވްވާ މީހުންގެ އަދަދު އެއްދުވަހުން އަނެއް ދުވަހަށް މައްޗަށް ދާއިރު ބަލި ކޮންޓްރޯލް ނުވެދާނެ ކަމުގެ އިންޒާރު ޞީއްޚީ ބޭފުޅުން ދަނީ ދެއްވަމުންނެވެ. އަދި ހަރުދަނާ އަަވަސް ފިޔަވަޅު ތަކެއް ނޭޅިއްޖަނަ ބަލީގެ ނުރައްކާ އިންތިހާއަށް ބޮޑުވާނެކަމަށް އެބޭފުޅުން ދަނީ ވިދާޅުވަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ