ފާފަތަކުގެ ގިނަކަމުން މާޔޫސްވާންނުޖެހޭ، ﷲ އަށް ތަޢުބާވެ ހެޔޮމަގަށް ރުޖޫޢަވުމަށް އަވަސްކުރައްވާ!

ފާފަތަކުގެ ގިނަކަމުން މާޔޫސްވާންނުޖެހޭ، ﷲ އަށް ތަޢުބާވެ ހެޔޮމަގަށް ރުޖޫޢަވުމަށް އަވަސްކުރައްވާ!

ގުޅުންހުރި

ފާފަތަކުގެ ގިނަކަމުން މާޔޫސްވާންނުޖެހޭ ކަމަށާިއ، ﷲ އަށް ތަޢުބާވެ ހެޔޮމަގަށް ރުޖޫޢަވުމަށް އަވަސްކުރައްވުމަށް ހުކުރު ހުތުބާގައި ގޮވާލައިފިއެވެ.

ޚުތުބާގައި ބުނެފައިވަނީ އަޅުތަކުންނަށް ކުރެވިފައިވާ ފާފަތަކުގެ ގިނަކަމުން އެއްގޮތަކަށް ވެސް މާޔޫސްވާން ނުޖެހޭކަމަށެވެ. ކިތަންމެ ގިނަ ފާފަތަކެއް ކުރެވިފައި ވީނަމަވެސް އިޚްލާޞްތެރިކަމާ އެކު ތައުބާވެ، ހެޔޮ ޢަމަލު ކުރުމުން އެންމެހައި ފާފަތައް ﷲ ފުއްސަވައިދެއްވާނެކަން އެކަލާންގެ އަންގަވާފައިވާކަމަށް ހުތުބާގައި ބުނެފައިވެއެވެ. އަދި ހެޔޮ ޢަމަލު ގިނަކުރުމަކީ ފާފަތައް ފުހެވިގެންދާނޭ ކަމެއްކަމަށެވެ.

އަޅުތަކުންގެ މައްޗަށް ﷲ ގެ ރަޙުމަތް ތަނަވަސް ވެގެންވާ މިންވަރު ނިކަން ބައްލަވާށެވެ! ނުބައިކަމެއް ކޮށްފި މީހަކަށް، އެ ނުބައިކަމާ އެއްފަދަ ޖަޒާއެއް މެނުވީ ލިބިގެނެއްނުވެއެވެ. ނަމަވެސް މީހަކު ހެޔޮ ޢަމަލެއް ކޮށްފިނަޅު، އެ ޢަމުރެއްގެ ޘަވާބު ދިހަގުނައިން ފެށިގެން ހަތްސަތޭކަ ގުނައަށް އިތުރުކޮށްދެއްވައެވެ. ނޭނގުމުގެ ސަބަބުން ފާފައަކަށް އަރައިގަނެވިއްޖެ ނަމަ ތައުބާވުމުން، ﷲ ގެ ރަޙުމަތްފުޅުން އޭނާގެ ތައުބާ ޤަބޫލުކުރައްވައި، ފާފަ ފުއްސަވައި ދެއްވާނެއެވެ.

– ޚުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނެފައިވަނީ މައިމީހާ، އޭނާގެ ތުއްތު ދަރިފުޅަށް ރަޙުމްކުރާވަރަށް ވުރެ މާ ބޮޑަށް، ﷲ ތަޢާލާ އެކަލާނގެ އަޅުތަކުންގެ މައްޗަށް އޯގާވެރިވެ ވޮޑިގަންނަވާކަމަށާއި، މި ދުނިޔޭގައި ﷲ ގެ ރަޙުމަތްފުޅު ވަނީ، އެންމެހައި އަޅުތަކުންގެ މައްޗަށް ޢާއްމުވެ، ޝާމިލްވެގެން ކަމުގައެވެ. އުޑުތަކާއި ބިމުގައި ވާހާ އެއްޗެއް، ﷲ އުފައްދަވާފައި ވަނީ، އެ ތަކެތީން އިންސާނުން ފައިދާ ލިބިގަތުމަށްޓަކައި ކަމަށާއި ﷲ ގެ ރަޙުމަތްފުޅު ނުވާނަމަ މިދުނިޔެމަތީގައި އެއްވެސް މީހަކަށް ނޭވާ ވެސް ނުލެވޭނެ ކަމަށެވެ.

ޚުތުބާގައިވަނީ ﷲ އަށް ތަޤްވާވެރިވުމަށާއި، އަޅުތަކުނަށް އޯގާތެރިވެ، ރަޙުމު ކުރެއްވުމަށް ނަސޭހަތްތެރިވެފައެވެ. އަޅުތަކުންނަށް ރަޙުމު ކުރާ މީހުންނަށް ﷲ ގެ ތަނަވަސް ރަޙުމަތްފުޅު ދުނިޔެ އާއި އާޚިރަތުގައި ލިބޭނެކަމަށް އެކަލާނގެ އަންގަވާފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ