އައި.ޔޫ.އެމް.އެސް.ޔޫ ޤުރްޢާން މުބާރާތް ރޯދަމަހު

އައި.ޔޫ.އެމް.އެސް.ޔޫ ޤުރްޢާން މުބާރާތް ރޯދަމަހު

ގުޅުންހުރި

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ގުޅުމުގެ ފަރާތުން މިއަހަރު ބާއްވާ ޤުރްއާން މުބާރާތް ޢިއުލާންކޮށްފިއެވެ. މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ރަމަޟާން މަހުގައެވެ.

މި މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ތިން ޢުމުރުފުރާއަކަށް ބަހާލައިގެންނެވެ. އޮންލައިންކޮށް ކުރިއަށްގެންދާ މި މުބާރާތުގައި ބައިވެރިވެވޭ ކެޓެގަރީތަކަކީ، 10 އަހަރުން ދަށް، 10 އަހަރާއި 18 އަހަރާއި ދެމެދު އަދި 18 އަހަރުން މަތި، މި ތިން ކެޓެގަރީއެވެ. މި މުބާރާތުގައި ކޮންމެ ކެޓެގަރީއަކުން އެއްވަނަ ދެވަނަ ތިންވަނަ، އަދި މުޅި މުބާރާތުން އެއްވަނަ ދެވަނަ އަދި ތިންވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ.

ކޮންމެ ދިވެހި ރައްޔިތަކަށްވެސް ބައިވެރިވެވޭ މި މުބާރާތުގައި ވީޑިއޯތައް ސަބްމިޓު ކުރަން ހަމަޖެހިފައިވަނީ ކޮންމެ ޢުމުރުފުރާއަކަށްވެސް އެ ޢުމުރުފުރާއަކަށް ކަނޑައެޅިފައިވާ ދުވަސްތަކުގައެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މުބާރާތުގެ ޤަވާއިދާއި އެކު ހުޅުވާލެވޭނެއެވެ.

މި މުބާރާތާއި ގުޅޭ ގޮތުން އައި.ޔޫ.އެމް.އެސް.ޔޫގެ ރައީސް ވިދާޅުވި ގޮތުގައި މި މުބާރާތުގެ މަޤުސަދަކީ ދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުގައި ދިރިއުޅުއްވާ ފަރާތްތަކަށް ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދީ، ދިވެހިންގެ ހިތްތަކުގައި ޤުރްއާނަށް ލޯބި ޖައްސައި ކީރިތި ޤުރްއާން ރީތިކޮށް ކިޔެވުމުގެ މައިދާނުގައި ދިވެހިންގެ މެދުގައި ވާދަވެރިކަން އުފެއްދުމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ