ނައިޖީރިއާގެ އަސްކަރީ މަތިންދާ ބޯޓެއް ވެއްޓިއްޖެ

ނައިޖީރިއާގެ އަސްކަރީ މަތިންދާ ބޯޓެއް ވެއްޓިއްޖެ

Author
ހުސެއިން
21 ފެބްރުއަރީ 2021 06:17
0

މަތީގައި އުދުހެމުންދަނިކޮށް، އިންޖީނު ފެއިލްވެގެން، ވެރިރަށް އަބޫޖާގެ އެއަރޕޯޓު ރަންވޭއަށް ޖައްސަން އުޅެނިކޮށް، ނައިޖީރިއާގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓިއްޖެއެވެ.

"ކިންގ އެއަރ 350 މަރުކާގެ އަސްކަރީ މަތިންދާ ބޯޓެއް، މިންނާ އަށް ދަތުރުކުރަމުން ދަނިކޮށް، އިންޖީން ފެއިލްވެގެން އަބޫޖާގެ ރަންވޭއަށް ޖައްސަން ދަނިކޮށް ވަނީ ވެއްޓިފަ،" ނައިޖީރިއާގެ އޭވިއޭޝަން މިނިސްޓަރ ހާދީ ސިރިކާ އޭނާގެ ޓުވިޓަރ އެކައުންޓުގައި ލިޔުއްވާފައި ވެއެވެ.

މިންނާއަކީ، ނައިޖީރިއާގެ ވެރިރަށް އަބޫޖާގެ ހުޅަގު އުތުރުން 110 ކިލޯމީޓަރ (69 މޭލު) ދުރުގައި އޮންނަ ސިޓީއެކެވެ.

އޭވިއޭޝަން މިނިސްޓަރ ސިރިކާ މިހާދިސާއާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް އާންމު ކުރައްވާފައެއް ނުވެއެވެ. އެހެންނަމަވެސް ވިދާޅުވެފައިވަނީ، މި ހާދިސާގައި ބޯޓުގައި ތިބީ މީހުން މަރުވެފައި ވާކަމަށް ބެލެވޭ ކަމަށެވެ.

"އަސްކަރިއްޔާއިން މިހާދިސާ ތަހުގީގުކޮށް ނަތީއަކާ ހަމައަށް ދެވެންދެން އަހަރުމެން އެންމެވެސް ތިބެންވާނީ ހަމަހިމޭންކޮށް، މިހާދިސާގެ ސަބަބުން އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުން ލިބިެއްނަމަ އެމީހަކަށް ހެޔި ދުއާކުރުންމަތީ،" އޭނާގެ ޓުވިޓަރ އެކައުންޓުގައި އިތުރަށް ލިޔެފައި ވެއެވެ.

ނައިޖީރިއާގެ އެއްވެސް ރަސްމީ ފަރާތަކުން އަދި މިހާތަނަށް މިހާދިސާއާ ގުޅޭއް އެއްވެސް މައުލުމާތެއް ހިއްސާ ކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.