ރާއްޖޭގެ މަޝްހޫރު އެންމެ ކުޅަދާނަ ބަތަލާ މަރިޔަމް އައްޒަ އާއި ފިލްމީ ތަރި އަބްދުﷲ މުއާޒް (މުއާ)ގެ ކައިވެނި ކޮށްފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ.
ހުޅުމާލޭގައި ބޭއްވި ކުލަގަދަ ހަފްލާއެއްގައި ދެ ލޯބިވެރިން ކައިވެނި ކުރިއިރު، މިހާރު އެ ކައިވެންޏަށް އަހަރެއް މި ވަނީ ވެފައެވެ. މުއާވަނީ މިއަދާއި ގުޅިގެން ދެމަފިރިންގެ ފޮޓޯއެއް ހިއްސާކޮށް އޭނާގެ ޝުއޫރުތައް ފާޅުކޮށްފައެވެ.
މުއާ ބުނެފައިވަނީ އައްޒައަކީ މިދުނިޔެ މަތިން އޭނާއަށް ލެއްވި ވަރަށްބޮޑު ނިއުމަތެއްކަމަށެވެ. އަދި މިއީ އޭނާއަށް ލބުނު އުފާފާގަތިކަމާއި އެހާބޮޑު ނަސީބެއްކަމަށެވެ.
Happy anniversary wife. Thee midhuniyemathin ahannah levvi v agubodu niu’matheh, ufaa faagathikameh hama ehaame bodu naseebeh. V loabivey ❤️❤️ @AzzaMariyam pic.twitter.com/C4yOzP4LOf
— Muaa Abdulla (@muaa_abdulla) February 20, 2021
ކޮމެންޓު ފޮނުވާ